އުރީދޫ ނޭޝަން ފީފާ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
އުރީދޫ ނޭޝަން އިން ބާއްވާ ފީފާ މުބާރާތަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އުރީދޫން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ހުޅުވާފައިވާ ކަމަށެވެ. މި ލިންކް މެދުވެރިކޮށް އޮންލައިންކޮށް ރެޖިސްޓްރީވެވޭނެއެވެ.
މި މުބާރާތަކީ އީޓުއެސް ގޭމިން ފުވައްމުލަކު އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި އެއްވަނައަށްދާ ފަރާތަކަށް ނިކާއީ 65" ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީއެއް ލިބޭނެއެވެ. ދެވަނަ އަށްް ދާ ފަރާތަށް ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް) އާއި ތިން ވަނަ އަށްް ދާ ފަރާތަށް ހައިސެންސް ބާ އެޗްއެސް 201-60 2.0 ޗެނަލް ސައުންޑްބާއެއް ލިބޭނެއެވެ.
އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމް ކުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާނު ކުރި މުބާރާތެކެވެ.