ކުޅިވަރު

ގިނަ ބައެއްގެ ފޭވްރިޓް ބްރެޒިލް ބަލިކޮށް ކްރޮއޭޝިއާ ސެމީ ފައިނަލަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިރޭ ބްރެޒިލްއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗް ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާއިން އިން ކާމިޔާބުކޮށްފައެވެ.

Ads by STELCO

މި މޮޅާއެކު ކްރޮއޭޝިއާއިން ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މިއީ ފައިނަލްގެ ޖާގަ ކަށަވަރު ކުރި ފުރަތަމަ ޤައުމެވެ.

މެޗުގެ ފުރަތަމަ ދެ ހާފްގައި އެއްވެސް ޓީމަކުން ލަނޑެއް ކާމިޔާބުކޮށްފައެއް ނުވެއެވެ. ނަމަވެސް ބްރެޒިލްއަށް ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. ގޯލް ޖަހާނެ 10 ފުރުސަތެއް މިރޭގެ މެޗްގައި ބްރެޒިލްއަށް ލިބުނެވެ. ނަމަވެސް ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗްގެ ވަރުގަދަ ސޭވްތަކެއް ފެނިގެން ދިޔައެވެ.

މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައިވަނީ، މެޗުގެ އިތުރު ފުރަތަމަ 15 މިނެޓް ހަމަވެގެން ދެއްވި އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައެވެ. ލޫކަސް ޕަކެޓާގެ އެސިސްޓާއެކު މި ގޯލް ކާމިޔާބުކޮށްދީފައިވަނީ ނޭމާއެވެ.

ނޭމާގެ މި ގޯލާއެކު ބްރެޒިލަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިއަކަށް ނޭމާވަނީ ވެފައެވެ. އެއީ ބްރެޒިލްއަށް ނޭމާ ޖަހައިދިން 77 ވަނަ ގޯލެވެ. ނޭމާއެކު ދެން މިމަޤާމުގައި އޮތީ ޕެލޭއެވެ.

ކްރޮއޭޝިއާއިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ އިތުރު ވަގުތުގެ ދެވަނަ ހާފްގައެވެ. މެޗުގެ 117 ވަނަ މިނެޓްގައި މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި ބްރޫނޯ ޕެޓްކޮވިޗްއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!