ލައިފްސްޓައިލް

ކޮވިޑްގެ ސަބަބުން ބޮލުން އިސްތަށި ފައިބާ މީހުންގެ އަދަދު އިތުރު ވެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އާންމު ދިރިއުޅުމުގައި 12 ޕަސެންޓު އަންހެނުންނަކީ އުމުރުން 30 އަހަރު ވާއިރު ބޮލުން އިސްތަށި ފޭބުމުގެ މައްސަލައާ ކުރިމަތިލާން ޖެހޭ ބައެކެވެ. އަދި ބަވަނަ ވެފައިވާ ދުނިޔެއެއްގައި މި އަދަދު އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި މައްސަލަ މިވަނީ އިތުރަށް ގޯސްވެފައެވެ.

Ads by STELCO

ކޮވިޑްގެ ސަބަބުން ވިޔަފާރިއަށް އަސަރު ކުރުމާއި ވަޒީފާ ގެއްލުން ފަދަ ކަންކަން ދިމާވެ ސިކުނޑި ގޮވައި މާބޮޑަށް ސްޓްރެސްވާ މީހުން އަންނަނީ ގިނަވަމުންނެވެ. ކޮވިޑްގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އިގްތިސާދު ދަނީ ބޮޑު އަނދަވަޅަކަށް ވެއްޓެމުންނެވެ. އަދި މިކަމުން އަރައިގަތުމަށް އަހަރުތަކެއް ހޭދަވާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ހަމުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރިންކީ ކަޕޫރު ވިދާޅުވީ މިވަގުތަކީ އެންމެނަށް ވެސް އުނދަގޫ ދުވަސްތަކެއް ކަމަށާއި އެއްވެސް ބަޔަކު ތިބީ މިހާލަތަށް ތައްޔާރުވެފައެއް ނޫން ކަމަށެވެ.

"އިގްތިސާދަށް އަންނަމުންދާ ބަދަލުތައް، ވައިރަސްއާ މެދު މާބޮޑަށް ވިސްނުން، ވަޒީފާގެ ޔަގީންކަމެއް ނެތުން، އާމްދަނީ އަށް އަސަރުކުރުން، ކަސްރަތު ކުރެވޭ މިންވަރު މަދުވުން އަދި ކެއުމަށް އަންނަ ބަދަލުތައް. މިހުރިހާ ކަމެއްގެ ސަބަބުން ސްޓްރެސް ލެވެލް އިތުރުވޭ. ސްޓްރެސް އިތުރުވުމުން ބޮލުން އިސްތަށިފައިބާލެއް ގިނަވޭ." ޑރ. ރިންކީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ މަސްތަކުގައި ބޮލުން އިސްތަށި ފައިބާތީ ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

އެންޓި އޭޖިން ބިއުޓީ އެކްސްޕާޓެއް ކަމަށްވާ ޑރ. ގީތާ ގްރެވާލް ވިދާޅުވީ އަންހެނުންނަށް މި ދުވަސްވަރު ޕްރެޝާ ބޮޑުވާނެ ކަމަށާއި އެހެންކަމުން އެ މީހުންގެ ސްޓްރެސް ލެވެލް ދަށް ކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ބެލެންސް ޑައިޓެއް ގެންގުޅުމާއި ކަސްރަތު ކުރުމަކީ ބޮލުން އިސްތަށި ފޭބުން ދުރުކޮށްދޭނެ ކަމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!