ދުނިޔެ

މޮޅާއެކު ވެސް މެސީ ރަތަށް: ރެފްރީގެ ނިންމުތައް ގޯސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ނެދަލޭންޑްސްއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި ރެފްރީ އެންޓޯނިއޯ މަޓޭއު ލަހޯޒް ނިންމުންތަކަށް އާޖެންޓީނާގެ ލިއޮނަލް މެސީ ފާޑުކިޔައިފިއެވެ.

Ads by Sosun Fihaara

އާޖެންޓީނާ އިން ނެދަލޭންޑްސް ޕެނަލްޓީ ޖަހައިގެން ބަލިކުރީ ރޭގެ މެޗުގައި ގިނަ ރީނދޫ ކާޑުތަކެއް ފެނިގެން ދިޔައެވެ. މި މެޗުގެ ރެފްރީ ލަހޯޒް ވަނީ ޖުމްލަ 16 ރީނދޫ ކާޑު ދައްކައިފައެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިންނާއި މެޗު އޮފިޝަލުންނަށް ބެންޗުގައި އިންދައި ވެސް ވަނީ ކާޑު ދައްކައިފައެވެ.

މެޗަށް ފަހު މެސީ އާޖެންޓީނާގެ ކުޅިވަރު ޗެނަލެއް ކަމަށްވާ ޓީވައިސީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ކުއާޓާ ފައިނަލް މެނޭޖް ކުރުމުގެ ޤާބިލުކަމެއް ލަހޯޒް އަށް ނެތް ކަމަށެވެ. "ވަރަށް މާޔޫސްވެއްޖެ ވަރަށް މާޔޫސްވެއްޖެ." ލަހޯޒްގެ ނިންމުންތަކަށް އިޝާރާތްކޮށް ބުންޏެވެ.

މެސީ ބުނީ ރެފްރީގެ ވާހަކަ ދައްކަން ބޭނުން ނުވަނީ އަދަބު ލިބޭނެތީއެވެ. އަދި ރެފްރީއާއެކު ހިތުގައި އޮންނަ އެއްޗެއް ބުނެވެން ނޯންނަ ކަމަށާއި އެއީ ދެރަ ކެމެއް ކަމަށް މެސީ ބުންޏެވެ.

"ތެދުވެރިއެއް ނުވެވޭ. ވިސްނަނީ ކީކޭކަން ބުނެވޭކަށް ނެތް. ބުނެފިނަމަ ފިއްތުންތަކާއި އަދަބުތައް އާދޭ. އެކަމަކު އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސަޕޯޓަރުންނަށް ފެނުނީ ކަން ހިނގި ގޮތް." މެސީ ބުންޏެވެ.

އާޖެންޓީނާ އިން ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ނެދަލެންޑްސް އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު މިނިޓްގައެވެ.

މެސީ އިތުރަށް ބުނީ ލަހޯޒްފަދަ ރެފްރީއަކު ކުއާޓާ ފައިނަލްއިން ޖާގަ ނުދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ރޭގެ މެޗުގައި ކަންތައް ވިގޮތް ފީފާއިން ބަލަން ޖެހޭ ކަމަށް މެސީ ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!