މި ސަރުކާރުގެ އެންމެ ބޮޑު އެއް ޚިޔާނާތަކީ ޝަޚްސު އޮޅުވައިލުން ކަމަށާއި މިހާ ބަލިކަށި ދަށް ފެންވަރެއްގެ ސަރުުކާރެއް އަދި ނާންނަ ކަމަށް މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
ކުލަބު ހައުސްގައި އިންތި ވިދާޅުވީ އޭނާގެ ހަނދާނުގައި ވެސް ރައްޔިތުން މިހާވަރަށް ބާރުތައްދިން ސަރުކާރެއް އަދި ނެތް ކަމަށެވެ. އެ ހުރިހާ ބާރުތައް ދީފައިވީ ނަމަވެސް މިހާ ބަލިކަށި ދަށް ފެންވަރެއްގެ ސަރުުކާރެއް އަދި ނާންނަ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ ސަރުކާރުގެ ވާހަކަ ހުންނަ ގޮތުން ޝަޚްސު އޮޅުވާލައިފައިވާކަން ވަރަށް ބޮޑަށް އެނގިގެންދާ ކަމަށާއި މިހާރު އެމްޑީޕީގެ މެނިފެސްޓޯއެއް އޮތްކަމަކަށް ވެސް ނުހަދާ ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި އެކި ރަށްރަށަށް ދުވެ އެކިއެކި ތަންތަނުގައި އެކިއެކި ޕޯޑިއަމްތަކުގައި އެމްޑީޕީން ވިއްކީ ކޯއްޗެއްތޯ ވެސް އިންތި ސުވާލު ކުރެއްވިއެވެ.
އެ [ޖަޒީރާ މެނިފެސްޓޯ] ނޫން އެއްޗެއް ވިއްކިކަން އެނގޭ އިންސިއެއް ޖިންނިއެއް އެބަހުރިތޯ. ގުޅިފައިވާ ސިޔާސީ ޕާޓީގެ މެނިފެސްޓޯއޭ ކިޔާ އެއިން އެއްޗެއް އަތަށް އެރި މީހަކު އެބަހުރިތޯ. ދުށް މީހަކު އެބަހުރިތޯ. އެމްޑީޕީގެ މެނިފެސްޓޯ ނޫން އެއްޗެއް އެމްޑީޕީން ހިފައިގެން ދިޔަތަން އަޅެ ދުށީމުތޯ. އެކަމަކު އެމްޑީޕީގެ މެނިފެސްޓޯއެއް އޮތް ކަމަށް ޤަބޫލުކުރާ ތަނެއް ވެސް މިހާރު ނުފެނޭ. އެހެންވީމަ ޝަޚްސު އޮޅުވައިލުން އެންމެ ބޮޑު އެއް ޚިޔާނާތް އިނގޭތޯ.
އިންތި ވިދާޅުވީ ނެޕޮޓިޒަމާއި, ''ރޯޔަލް ރޭޕާއި'' , ހިއުމަން ޓްރެފިކިންގއާއި, ވައްކަން ކުރުމާއި, ކޮރަޕްޝަން ހިންގުމާއި, ރައްޔިތުންގެ މަޖިލީހަކީ ރަބަރ ސްޓޭމްޕަކަށް ހަދާ ވާހަކައާއި, ރައީސް އޮފީހުން ފޮނުއްވައިގެން އެއްފަހަރާ ދެތިން ހަތަރު މީޑިއާގައި އެއް އާޓިކަލްއެއް ޖަހާ ވާހަކައެއް އެމްޑީޕީގެ މެނިފެސްޓޯގައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ''ހެސްކިޔާފައި'' ވައްކަމާއި ކޮރަޕްޝަނާއި އެ ހުރިހާ އެއްޗެއް އެބަ ތަންފީޒުކުރާ ކަމަށާއި ވައްކަމަކީ ނުބަލާ އެއްޗެއްގެ ގޮތުގައި ހަދާފައިވާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އެބަ ބެލޭތޯ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު. ހަމަ ސުމެއް.
އެމްޑީޕީގެ މެނިފެސްޓޯގައިި ރައްޔިތުން ދަރުވައިިލާކަށް ވެސް ނޯންނާނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ޖީބު ހުސްކޮށްފިކަމަށް ވެސް އިންތި ވިދާޅުވިއެވެ.
ހަމަ ހެސްކިޔާފަ އެކަން އެބަ ތަންފީޒުކުރޭ. ކޮންމެ އަހަރަކު ވެސް ރައްޔިތުން ދަރުުވައިިލުމުގެ ބައިި އެބަދޭ. ޖީބުތައް ހުސްކުރަމުން އެބަދޭ. ނިކަމެތި ކުރަމުން އެބަދޭ. ޒުވާނުން ކަންކަންމަތީ އެބަތިިބި ދުވަހަކު ވެސް އަޅުގަނޑުމެން ނުދެކޭފަދަ ފެންވަރަށް ދަށު ދަރަޖައަށް ވައްޓައިިލާފަ.
http://2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ހުށަހެޅި މެނިފެސްޓޯ
އިންތި ވިދާޅުވި ގޮތުގައި، ހަމައެކަނި އޮތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯއެއް ކަމަށް ވިދާޅުވަނީ ސަރުކާރުގެ ހީލަތްތެރިކަމުންނެވެ.
ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް ދައުރު ނިމެން ކައިރިވީމާ ހޯއްގޮވަނީ އަނެއްކާވެސް ގޮޅީގައި ގޮންޑީގައި ސޭލް އަޅުވަން !
އިންތި އަށް އޮޅި ވަޑައިގެންފި. އެމްޑީޕީ ގެ މިހާރުގެ އެންމެ އިސް ވެރިޔަކީ ރައީސް ސާލިހް . އެމްޑީޕީގެ އަސާސީ ގަވާއިދުގަ އޮތީ މިހެން. ވީމާ ސާލިހްގެ ސިޔާސަތު ވާނީ އެމްޑީޕީ ގެ ސިޔާސަތަށް. ނަސިދާއި އިންތި އެ ސިޔާސަތާ ދެކޮޅުނަމަ އެއީ ޕާޓީން ބޭރުކުރަންޖެހިފަތިބި ޕާޓީގެ އިދިކޮޅު ވިސްނުންހުރި މީހުން.