ރޮނާލްޑޯ ތައްޓަށް ކުރި އުންމީދު ފެނަށް، މޮރޮކޯއިން ޕޯޗުގަލް ސައިޒްކޮށްލައިފި

މިރޭ ޕޯޗުގަލް އަދި މޮރޮކޯ ބައްދަލުކުރި މެޗް 0-1ގެ ނަތީޖާއަކުން މޮރޮކޯއިން ކާމިޔާބުކޮށްފިއެވެ. އެއާއެކު މޮރޮކޯއިން ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.
މޮރޮކޯގެ ޓީމަކީ މިއަހަރު ގިނަ ބަޔަކަށް ސިހުން ގެނުވި އާދަޔާ ޚިލާފު ކުޅުމެއް ދެއްކި ޓީމެކެވެ. ގްރޫޕް ސްޓޭޖް މެޗުތައް އެއްވަނައިގައި އޮވެ ނިންމާލިއިރު، ގަދަ 16ގައި ސްޕައިން ދަށްކުރީ ޕެނަލްޓީންނެވެ. މިއީ މޮރޮކޯއިން ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި މެޗްގައި ފެނިގެން ދިޔަ ހަމައެކަނި ގޯލް ފެނިގެން ދިޔައީ މެޗުގެ 42 ވަނަ މިނެޓްގައެވެ. އެ ގޯލް މޮރޮކޯއަށް ކާމިޔާބުކޮށްދީފައިވަނީ ޔޫސުފް އެން ނެސީރީއެވެ. އެއީ ޔަހްޔާ އަތިއަތަﷲ ހުރަހަކުން ޖެހި ގޯލްއެކެވެ.

މެޗުގައި ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ނަމަވެސް އިތުރު ގޯލެއް ކަމިޔާބުވެފައެއް ނުވެއެވެ.
މިރޭގެ މެޗްގައި ރަތް ކާޑެއް ވެސް ފެނިގެން ގޮސްފައިވެއެވެ. އެއީ މޮރޮކޯގެ ޗެޑީރާއަށް ދެއްކި ކާޑެއެވެ. އޭނާއަށް ރަތް ކާޑެއް ދައްކާފައިވަނީ ދެ ރީނދޫ ކާޑް ހަމަވުމުންނެވެ. ރަތް ކާޑް ދައްކާފައިވަނީ މެޗުގެ ވަގުތު ހަމަވެ، އިތުރުވަގުތުގެ 3 ވަނަ މިނެޓްގައެވެ.
ސެމީގައި މޮރޮކޯ ކުޅޭނެ ޓީމެއް އިނގޭނީ މިރޭ 12 ޖަހާއިރު އިނގިރޭސިވިލާތް އަދި ފްރާންސް ބައްދަލު ކުރާ މެޗުގެ ނަތީޖާއަށްފަހުއެވެ. ސެމީގައި ދެން ކުޅޭނީ އާޖެންޓީނާއާއި ކްރޮއޭޝިއާއެވެ.
ރާއްޖެ ޣައިރުދީން ކުރަން މަސައްކަތްކުރި ގައުމުގެ މީހުނާ އަދި ރާއްޖެ އިސްލާމްކުރުމަށް މަސައްކަތް ކުރި ގައުމާއި މިދެގައުމުގެ ކުރިމަތިލުން ކާމިޔާބުކުރީ ރާއްޖެ އިސްލާމް ކުރުމަށް މަސައްކަތްކުރި ޤައުމުގެ މީހުން އަލްޙަމްދުލިﷲ
الحمد لله ކާަމިޔާބު ދެއްވާނީ اللهކަމާމެދު ށައްކެއްވެސް އޮތް ކަމެން ނޫން.