ޚަބަރު

ނިޝާމާގެ މަރު: މަންމަގެ ފުރާނަ ނެތް ހަށިގަނޑު ކައިރީ ދަރިފުޅު އޮތީ ބުއްބޯން!

ރައުފާ ރަޝީދު ، ދެން އޮންލައިން
އިއްޔެ މެންދުރު ނޮޅިވަރަމްގައި މާރާލި ކަމަށް ބުނާ ނިޝާމާ މުހައްމަދު

މިއަދު މުޅި ގައުމު ސިއްސުވައިލީ ހދ. ނޮޅިވަރަމްގައި އަންހެނަކު މަރާލައިފައި އޮއްވާ ފެނުނު ހަބަރާއެކުއެވެ. އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދު މެންދުރު 12:30 އެހާކަންހާއިރުއެވެ.

Ads by STELCO

ނިޝާމާ އިނދެގެން އުޅެނީ އދ. ފެންފުށީ، ފައިސަލް އަލީއާއެވެ. އެ ދެމަފިރިންގެ 3 ކުދިން ތިބޭއިރު އެންމެ ހަނގު ދަރިފުޅަށް 2 އަހަރު ނުފުރެއެވެ. ދޮށީ ދަރިފުޅަށް ވީ 7 އަހަރެވެ. ދެންހުންނަނީ 4 އަހަރުގެ ކުއްޖެކެވެ.

މި މަރާ ގުޅިގެން އެންމެންވެސް ޝައްކު ކުރަނީ ނިޝާމާގެ ފިރިމީހާއަށެވެ. ސަބަބަކީ އޭނާ އަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ ފަރާތަކަށް ވުމުގެ އިތުރުން އޭނާ ކުރިން އިން މީހާއަށްވެސް އަނިޔާ ކުރުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވުމުން ކަމަށް ގިނަ މީހުން ބުނެއެވެ.

އެ ރަށުން މަޢުލޫމާތު ދިން މީހަކު ބުނީ ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ކޮޓަރީގެ އެނދުމަތީގައި އޮއްވާ ކަމަށެވެ. އޭނާގެ އާއިލާއިން ކޮޓަރިއަށް ވަންނަން ޖެހުނީ މެންދުރުވީއިރުވެސް ކޮޓަރިން ނުނިކުންނާތީއެވެ. ނިޝާމާގެ ދަރުފުޅު އައިސްމަންމަ އަދިވެސް ނުދެތުވޭކަމަށް ބުނުމުން އާއިލާ އިން ކޮޓަރިއަށް ވަދެ ބެލިއިރު ނިޝާމާ ކައިރީގައި ކުޑަދަރިފުޅު ބުއްބޯން އޮތްކަމަށް މަޢުލޫމާތު ދިން މީހާ ކިޔައިދިނެވެ.

އޭރު އޭނާގެ ހަބަރު އޮތީ ހުސްވެފައެވެ. އާއިލާގެ މީހުން ބުނާ ގޮތުގައި ނިޝާމާ ފެނުނުއިރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ނޫފައިގެންފައެވެ. އެ މީހުން އަވަހަށް ނިޝާމާގެ ހަޑިގަނޑު ގެންދިޔައީ ސިއްހީ މަރުކަޒަށެވެ.

ނިޝާމާގެ އާއިލާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭނާ މަރާލީ ފިރިމީހާ ކަން ޔަގީނެވެ. އެގޮތަށް ގަބޫލު ކުރަނީ "އެފަދަ ކަމެއް ލޮލުން ފެނިފައި ހުރުމުން" ކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ނިޝާމާ މުހައްމަދުގެ ފިރިމީހާ ފައިސަލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ނިޝާމާ މުހައްމަދުގެ ހަށިގަނޑުމިހާރު ވަނީ ހދ ކުޅުދުއްފުއްޓަށް ގެންގޮސްފައިކަމަށެވެ. އަދި ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

Ads by Ooredoo
  1. ރާއްޖެ

    މިގައުމުގަ ކަންކަން ތަންފީޒު ނުކުރުމުން ދިމާވާކަންކަން. ކޮމްމެ ފަހަރަކު ވާމެއެއްޗެއް ވީމަ އެންނެންވެސް ވާހަކަދައްކާނި، މަޖިލީހަކައްވެސް ރަނގަޑު ބިލެއްފާސް ކުރަން ނުކެރޭ އަޗާތަޅަން ދުވަނީ ސަރުކާރުގެ ލާރިގަޑުގަ. ތިކަހަކަ ކަމެއްދިމާ ވެގެން ދިޔައިމަ ޕޮލިސްޓޭޝަން ވެސް ބުނާނި، ތިމާގެ މީހާވީމަ ރަހިމުގެ ގުޅުން ދަމަހައްޓަން މައްސަލަ ދޫކޮއްލަން ނޫނީ ފިރިމީހާވީމަ އަޅާނުލަން، ހެއްކެއް ނުހޯދޭނެ، ހުޅައަޅާހެކި ކަމަކުނުދާނެ، އެއްމެ ފަހުން ޖެހޭނި ބޮޑުތާ (މަރު) ދެންތެޅި ގަންނާނެ. 100 ކުޅުގެ ރެކޯޑޫ އޮތަސް އުޅޭނި މަގުމަތީ ބޮޑެތި ވަޒީފާތަކުގަ. ބާރުއޮއްމީހާ ރިސްވަތު ދީގެން ސަލާމަތްވާނެ. ޤައުމުގެ ބޮޑުން ދުވަނީ އަޗާތަޅަން. ދެން ގިޔާމައި ދުވަހުން އިންސާފު ލިބޭނެ ކަމުގެ އުމްމީދުގަ އެމްމެންވެސް ވީތިބެން

  2. ސަރާފާ

    ކްރައިމް ޕެޓްރޯލް ކަހަަލަ ޝޯވް ތައް ބަލައިގެން އެއްބަޔަކު ނުރައްކާތެރި ކުއްތަކުން ދުރުހެލިވެ ލޯ ހުޅުވި ހޭލުންތެރިވާން ދަަސްވާއިރު އަނެއް ބަޔަކު ދަސްކުރަނީ ކުއްތައް ކުރާނެ ގޮތާއި ހެކިތައް ނައްތާލާނެ މަޮޅުތި ގޮތްތައް…

  3. ތިވާނީ ސައިކޯ މީހަކަށް . މިޤައުމުގެ ކިރިމިނަލް މީހުންނަވީ ބުދިސަލާމަތު ތިބޭމީހުންެ އެއްނޫން.”އެކޯޑިންމޯލްޑިވްސް ޕޮލިސް ސަރވިސް އެންޑް ކިރިމިނަލް ކޯޓް”

  4. ހާނިމް

    އިންޓެލްއޭ މިފަދަ ގާތިލުންގެ ސިއްރު ހެކި ހަދާގެން ކޯޓަށް ހުށަހެޅުން މާބުއްދި ވެރިއެވެ. ދެއިރު ދެދަޅަޔަށް އެމެރިކާއިން ފައިސާހޯދަން ޓެރެސިްޓެކޭ ކިޔާގެން އުޅޭ އަމީނު ކޯޓަށް ހާސިރުކޮށްގެން ތެޅުވުމަށް ވުރެއް މާތާހިރުވާނެއެވެ. ޢަމީން އާއިލާއަކީ ސީދާ ރަސްމަތިފުށު އާއިލާއެކެވެ. ޢަހަރުން ވެރިކަން އަލުން އާއިލާއަށއ ހޯދާނަމެވެ

  5. މިއަދު

    ތިފައިސަލްގެ ޔުުރިން ޓެސްޓެއްހަދަަަ އެެނަހުންނަަނިި މަސްތުވެފަ އެހެންވިިމަ ފައިސަލްކުށެއް ނެތެއްނު ނިޝާމާ މަރާލަން ފައިސަލް ބޭނުންކުރީ ބާލީހެއްކަމަށްވާނަމަ ހުކުމް އަންނާނީ އެބާލީހަށްނޫންބާ ގައުމުގެ ވަކީލުންނަކީ ކުޅަދާނަ ހުނަރުވެރިބައެއްވިއްޔަ