ޚަބަރު

ނިޝާމާގެ މަރު: ކޮޓަރިއަށް ދިޔައީ ފައިސަލްގެ ފޭސްބުކްގައި ނިޝާމާގެ ބުރުގާ ނާޅާ ފޮޓޯތަކެއް ހުރުމުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ހދ. ނޮޅިވަރަމް ހިތަށްފިނިވާގޭ ނިޝާމާ މުހަންމަދުގެ ކުއްލި މަރާއެކު ރަށުތެރޭގައި ތަފާތު އެކި ވާހަކަތައް ދަނީ ދެކެވެމުންނެވެ. އެންމެންވެސް ތުހުމަތު ކުރަނީ ނިޝާނާގެ ފިރިމީހާ އދ. ފެންފުށި ރޯޒީ ވިލާ/ އަބޫބަކުރު ފައިސަލް 32 އަށެވެ. ސަބަބުތައް ވަރަށް ގިނައެވެ.

Ads by Hajj Corporation

ފައިސަލް އަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ ފަރާތެކެވެ. މީގެ އިތުރުން އޭނާ ކުރިން އިން މީހާއަށްވެސް އަނިޔާ ކުރުމުގެ ގިނަ ކަންތައްތަކެއް ހިނގާފައިވެއެވެ. ނިޝާމާ އާއި ފައިސަލްއާ އޮންނަނީ އާއިލާއާ ތަންކޮޅެއް އެކަހެރި ދިރިއުޅުމެކެވެ. ގިނަ ވަގުތު ކޮޓަރީގައި ހޭދަކުރާއިރު ދެމީހުންގެ ދޭތެރޭގައި ގިނަ މައްސަލަތައް ޖެހޭ ކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވެއެވެ. 

އިއްޔެ އާއިލާއިން ވަނީ މޫދަށް ދާން ރާވާފައެވެ. ނިޝާމާއަށް ވެސް އަނގައި ކުދިން ގޮވައިގެން މަޖާ ނެގުމަށް މޫދަށް ދާން ނިޝާމާ ވެސް ހުރީ ތައްޔާރަށެވެ.

11:40ހާއިރު އާއިލާގެ މެމްބަރަކާ ނިޝާމާ ވާހަކަދެއްކި

ނިޝާމާގެ ހަބަރު ހުސްވެފައިވާ ހަށިގަނޑު ކޮޓަރިން ފެނިފައިވަނީ އިއްޔެ މެންދުރު 12:30އެހާކަންހާއިރުއެވެ. އޭގެ ގަޑިއެއްހާއިރު ކުރިން އާއިލާގެ މެމްބަރަކާ ނިޝާމާ ވާހަކަދައްކާފައިވެއެވެ. އެއީ ގާތްގަޑަކަށް 11:40ހާއިރުއެވެ. އާއިލާގެ މެމްބަރުން މޫދަށް ދާން ރާވާފައި އޮތުމުން ތައްޔާރުވެލައިގެން ނުކުންނާނެ ކަމަށް ބުނެ ނިޝާމާ ކޮޓަރިއަށް ވަތްއިރު ފައިސަލް ވެސް ކޮޓަރީގައި ހުއްޓެވެ.

ފައިސަލްގެ ފޭސްބުކްގައި ތަފާތު ޕޯސްޓުތަކެއް

ނިޝާމާ އަށް ނިސްބަތްކޮށް ކަމަށް ބެލެވޭ ވަރަށް ގިނަ ފޭސްބުކް ސްޓޭޓަސްތަކެއް ފައިސަލް ޖަހަމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ޝެއާ ކޮށްފައިވާ އެއް ޕޯސްޓުގައި ބުނެފައިވަނީ "ދުނިޔެމަތީގައި ހިތާމަކުރަން ޖެހުނު ކަމުގައި ވިޔަސް ކަންބޮޑު ނުވާށެވެ. މަރާ އެކު އެ ހިތާމަތައް ވެސް ނިމޭނެ އެވެ. އާހިރަތުގައި ހިތާމަކުރަން ޖެހިދާނެ ކަމަށް ޓަކައި ކަންބޮޑުނުވާށެވެ. އެއީ ނިމުމެއް ނެތް ހިތާމައެކެވެ." މިފަދައިންނެވެ.

ނިޝާމާ ނިޔާވެފައި އޮއްވާ ފެނުމުގެ 15 ވަރަކަށް މިނެޓު ކުރިން ނިޝާމާއާއި ކުދީންގެ ވަރަށް ގިނަ ފޮޓޯތައް ފޭސްބުކްގައި ފައިސަލް ދިޔައީ ޕޯސްޓު ކުރަމުންނެވެ. އޭގެ ތެރޭގައި އެ ދެމަފިރިންގެ ވަރަށް ޒާތީ ފޮޓޯތަކާއި ނިޝާމާ ބުރުގާ ނާޅާ ހުރި ފޮޓޯތައް ހިމެނެއެވެ.

ފޮޓޯތައް ފެނުމާއެކު އެ ޑިލީޓް ކުރުމަށް ފައިސަލް އާއި ނިޝާމާއަށް އާއިލާއިން އެވަގުތު ދިޔައީ ގުޅަމުންނެވެ.

ނިޝާމާގެ ހަށިގަނޑު ފެނުނުތާ 15 މިނެޓު ކުރިން ފައިސަލް ކޮޓަރިން ނިކުތް

ފޭސްބުކްގައި ފޮޓޯތައް ޕޯސްޓު ކުރަމުން ފައިސަލް ކޮޓަރިން ނިކުތް ކަމަށް ބެލެވެނީ ގަޑިން 12:10ގައެވެ. ގެއިން ނިކުތުމުގެ ކުރިން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ކައިރީގައި ފިހާރައަކަށް ގޮސް އަންނާނެ ކަމަށް ބުނެފައިވެއެވެ. އެ ކުއްޖާ އެވަގުތު އިނީ ބޭރުގައި ކުޅޭށެވެ. ފައިސަލް އެހެން ބުނުމުގެ އިރުކޮޅެއް ފަހުން އެ ކުއްޖާވެސް ވަނީ ކޮޓަރިއަށެވެ. ފައިސަލް އެވަގުތު ދިޔައީ އެ ރަށު ކުލީ ލޯންޗެއްގައި ކުޅުދުއްފުއްޓަށެވެ.

އާއިލާއިން ތުހުމަތުކުރަނީ ނިޝާމާ މަރާލުމަށް ފަހު ފިލަން ފައިސަލް ފުރައިގެން ދިޔައީ ކަމަށެވެ. ކުޅުދުއްފުއްޓަށް ގޮސް އެންމެ ފުރަތަމަވެސް އޭނާ ދިޔައީ ފުލުހަށެވެ. ފުލުހަށް ގޮސް އޭނާ އަކީ އަނިޔާ ލިބޭ މީހެއް ކަމަށް ބުނެ ރިޕޯޓް ކުރިއެވެ.

ކޮޓަރި ދޮރު ހުރީ އެތެރެއިން މަކުޑި އަޅުވާފަ

ފައިސަލް ކޮޓަރިން ނިކުތްތާ 15 މިނެޓު ފަހުން އާއިލާގެ މީހުން ކޮޓަރިއަށް ވަންނަން މަސައްކަތް ކުރިއެވެ. އޭރު ކޮޓަރީގައި ނިޝާމާގެ ދަރިންވެސް ތިއްބެވެ. މަކުޑި އަޅުވާފައި ހުރުމުން ހުރުމުން ދޮރު ހުޅުވަން އުނދަގޫވި ނަމަވެސް މަކުޑި ނައްޓާލައިގެން އާއިލާއިން ކޮޓަރިއަށް ވަތް އިރު ނިޝާމާ އޮތީ އެނދުގައި ހަބަރު ހުސްވެފައެވެ. ކޮޓަރީގައި ފައިސަލްގެ ފޯނުން ފޮޓޯތައް ފޭސްބުކަށް އަޕްލޯޑް ކުރަން ޖައްސާފައި އޮތް ކަމަށް އާއިލާއިން ބުނެއެވެ. އޭނާ ގެންދިޔައީ ދެ ފޯނުގެ ތެރެއިން އެއް ފޯނެވެ.

ތުއްތު ދަރިފުޅު އޮތީ ބުއްބޯން, ނިޝާމާ އޮތީ ނޫފައިގެންފަ

ނިޝާމާ މަރާލާފައިވަނީ ނޭވާ ހާސްކޮށްގެން ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތަށް ތުހުމަތު ކުރެވެނީ މަރުވެފައި އޮތްއިރު މޫނު ވަރަށްބޮޑަށް ނޫވެފައި އޮތުމުންނެވެ. ނިޝާމާ ފެނުނުއިރު އޭނާގެ ހަބަރު އޮތީ ހުސްވެފައެވެ. އާއިލާގެ މީހުން ބުނާ ގޮތުގައި ނިޝާމާ ފެނުނުއިރު އޭނާ ކައިރީގައި ކުޑަދަރިފުޅު ބުއްބޯން އޮތްކަމަށެވެ. އެމީހުން އަވަހަށް ނިޝާމާގެ ހަޑިގަނޑު ގެންދިޔައީ ސިއްހީ މަރުކަޒަށެވެ.

މި މައްސަލައާ ގުޅިގެން ނިޝާމާގެ ފިރިމީހާ ފައިސަލް ކޯޓުއަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ ނިޝާމާގެ ހަށިގަނޑު މިހާރު ހދ ކުޅުދުއްފުއްޓަށް ގެންގޮސްފައިކަމަށެވެ. އަދި ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެމީގެ އިތުރުން ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

ނިޝާމާގެ ހަށިގަނޑު އެ ރަށުން ފުރުވާލީ، އާއިލާގެ މީހުންނަށް މޫނު ދެއްކުމަށްފަހުއެވެ. މޫނު ފިޔަވައި، ހަށިގަނޑުގެ އެއްވެސް ތަނެއް ދައްކާފައި ނުވާތީ، ޒަހަމެއް ލިބިފައިވާ ކަމެއް ވެސް އަދި ނޭނގެއެވެ. ނިޝާމާ މަރުވީ ކަމެއް ނުވަތަ މަރާލީ ކަމެއް އަދި ސާފެއް ނުވެއެވެ. އިނގޭހާވެސް ކަމަކީ މި މަރުގައި ފޮރިވިފައިވާ ކަންތައްތަކެއް ހުރި ކަމެވެ.

Ads by Allied Insurance
  1. ޙަނީ

    ފޭސްބުކަށް ޕޯސްޓް ކުރަންޖައްސާފަ؟
    މަކުޑި އަޅުވާފަ ހުރުމުން ނުވަދެވުނު؟ ވަރަށް ސުވާލު އުފެދޭ

    • ނެޭންގެ

      އެތެރޭން މަކުޑި އަޅުވާފަ ބޭރަށް ނުކުމެވޭތަ..

      • އުނައިސް

        މަކުޑި އަޅުވާފަ

      • މުޙައްމަދު

        ފައިސަލ ދިޔައ އެތެރެއިނ މަކުޑިއެޅުމަށ އޭނާގ އަނެއ ފޯނާއ ޙަވާލުކޮށްފައ؟

      • އޮޅިއްޖެ

        ފިރިމީހާ ކޮޓަރިން ނިކުން އިރު ދޮށީ ދަރި އިނީ ބޭރުގަ ކުއްޖަކައިރީ ބައްޕަ މި ދަނީ ފިހާރަޔައްށޭ ބުނެފަ ދިޔަފަހުން ކުއްޖާ ކޮޓަރިއަށް ވަނީ މަކުޑި އެތެރެއަން އަޅުވާފަ ހުއްޓަތަ؟

        ޙަބަރު ލިޔުމުގެ މައްސަލައެއްކަމައް ބަލަންވީތަ؟

    • ިީހީވަނީ

      ގިނަ ފޮޓޯ ތަކެއް އެއްފަހަރާ އަޕްލޯޑުކުރަން ޖެއްސީމަ ވަގުތު ނަގާނެ

  2. ކުދިން ތިބީ ކޮޓަރީގަ އެ އިން ކުއްޖެއް ވެސް މަކުޑި އަޅު ވަ ފާނެ… ވަރަށް ވެސް ހިތްދަތި މަރެއް. ކުޑަ ވަގުތު ކޮޅެއްގަ ހާދިސާ ހިގާފަ! ކުދިން ކޮޓަރީގަ ތިބީ އެހެން ވީމަ އެ ކުދިން ކުރި މަތިން ތި ކަމެއް ހިގާނީ ދޯ؟

  3. ޒުހޭރުފާރޫޤު

    އަޅުގަޑުގެނިއްމުމަކީމަރައްމަރުގެހުކުމްކުރިޔަސްމިތަނުންނުމަރާނެ ވީމާމެރުމައްވާރިސުންނާހަވާލުކުރޭނޫނީރައްޔިތުންނާއިހަވާލުކުރޭމީއަޅުގަޑުގެހިޔާލުވެސްމޭނިއްމުމަކީވެސްމޭ

  4. ފައިސަލް ބޭރަށްދިޔައިރު ބޭރުގަހުރި ކުއްޖާ ކޮޓަރިއަށް ވައިން ފަހުން ތާ ތި މަކުޑި އެޅުނީ އެހެނވީމަ.
    އަދި އަނިޔާކޮށްފައި ދިޔައީމަ އެކަން ފޮރުވަން އަނބިމީހާ މަކުޑި އެޅުވިނަމަވެސް މަރުވީ އެ އަނިޔާގެ ސަބަބުން ކަމަށްވާނަމަ އެއީ ފަސަލް ކުރިކަމަކަށްތާ ވާނީ.
    ޓިޔަ ރޯޒީވިލާގެ މައިތަނބަކީ ވެސް އެހާނުބައި ނުލަފާ މީހެއް. ޢަލީ އެއް ނާސިރާއެއް ކިޔާނެކަމެއް ނެތް ތިތާކުން ތަރުބިއްޔަތެއް ނުވާނެ ޖާހިލުން ނޫން އެއްޗެއް.