އައްޑޫ ސިޓީ ހިތަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

އައްޑޫ ސިޓީ ހިތަދޫގައި އިއުލާންކުރި މޮނީޓަރިންގެ ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އުވާލައިފިއެވެ.
ހިތަދޫގައި އަށް އަރައި ފޭބުން އިއްޔެ މަނާ ކޮށްފަައި ވަނީ އައްޑޫ ހައި ސްކޫލްގެ ހޯލި އިމާރާތް ކުރަމުން އަންނަ ކުންފުނީގެ ބިދޭސީއަކު ވަނީ ކޮވިޑަށް ފައްސިވުުމާ ގުޅިގެންނެވެ.
އެޗްޕީއޭ އިން މިއަދު ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.
އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.