ޚަބަރު

ވަޒީރަކަސް، އާންމު ފަރުދަކަސް ގާނޫނަށް ތަބާވާން ޖެހޭ: އާޒިމް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ވަޒީރަކަސް، ނޫންނަމަ އާންމު ފަރުދަކަސް ޤާނޫނުތަކުގައި ބުނާ ކަންކަން ކުރަން ޖެހޭނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) ގެ އިންތިޚާބު ހުއްޓުވަން މަޖިލީހުން އެންގެމުން އެކަން އެގޮތަށް ނުކުރުމުން އެމްއޭއެމްއާ ދޭތެރޭ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އަށް އާޒިމް ވަނީ މައްސަލަ ހުށަހަޅާފައެވެ.

އަދި ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރި ޖަލްސާއެއްގައި މަހްލޫފް ވަނީ އެފްއޭއެމްގެ އިންތިޚާބު ހުއްޓުވުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަރަށް ރަނގަޅަށް އެނގިހުރެ އޭނާ ލައްވާ ވަރަށް ހަޑިކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން އާޒިމް ކުރެއްވި ވިދާޅުވީ ޤާނޫނުތަކަށް ތަބާވާން ޖެހޭނީ އާންމު ފަރުދުން އެކަނި ނޫން ކަމަށާއި ވަޒީރަކަސް، ނޫން ނަމަ އާންމު ފަރުދަކަސް ޤާނޫނުތަކުގައި ބުނާ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ކުރަން ބުނި ދެވަނަ ހުތުރު ކަމަކީ މިއީބާ." ޖުލައި މަހުގެ ހަވަނަ ދުވަހު މަޙްލޫފަށް ފޮނުއްވާފައިވާ ސިޓީއެއް ޓްވީޓް ކުރައްވާ އާޒިމް ވިދާޅުވިއެވެ.

އިންތިހާބު ފަސްކޮށްދިނުމަށް މަޖިލީހުން އެދުނު ނަމަވެސް، ފީފާގެ ރުހުމާއެކު މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު އެފްއޭއެމްގެ އިންތިޚާބު ވަނީ ބާއްވާފައެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިޚާބުކުރިއިރު، އެފްއޭއެމްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީވެސް ބައްސާމް އެކަންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!