ރިޝްވަތަކީ އެކަމުގައި އުޅޭ އެންމެންގެ މައްޗަށް ލައުނަތް ހައްޤުވެގެންވާ ކަމެއް: ޚުތުބާ

ރިޝްވަތަކީ އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ލައުނަތް ހައްޤުވެގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ރިޝްވަތު ދިނުމާއި ލިބިގަތުމުގެ ނުބައިކަން" މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، މަކަރާއި ހީލަތް ހެދުން ފަދަ ކަންކަމަކީ އިސްލާމްދީނުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށެވެ.
އަދި ރިޝްވަތަކީ އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ލައުނަތް ހައްޤުވެގެންވާ ކަމެއް ކަމަށާއި ލައުނަތް ލެއްވުމަކީ މާތްﷲ ގެ ރަހުމަތުން ބޭރުކުރުން ކަމަށެވެ. އެކަމަކީ ދެރަ ނިކަމެތިކަމެއް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އަމިއްލަ ނަފްސަށް ނޫނީ އެހެން ފަރާތަކަށް ހުއްދަ ނޫން ފައިދާ ލިބޭގޮތަށް ސަރުކާރުގެ ތަކެތި ބޭނުން ކުރުމާއި، ސަރުކާރަށް ތަކެތި ހޯދުމާއި ސަރުކާރުގެ މަސައްކަތް ހަވާލު ކުރުމަކީވެސް ކޮރަޕްޝަންގެ އަމަލުތައް ކަމަށް ބުނެފައިވެއެވެ.
ރިސްވަތު ނުހުއްޓުވޭ ނަމަ އަިސްލާމީ ދައުލަތެއް އަދި ސަރުކާރެްގެ ބޭނުމެއްނެތެއްނު!