ރައީސް ޞާލިޙަށް މަރު ވިއްކައިގެން ދެން ވެރިކަމަކަށް ނާދެވޭނެ: ޝުޖާއު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް މަރު ވިއްކައިގެން ދެން ވެރިކަމަކަށް ނާދެވޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް މީހުންނާއެކު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހުންނަވާ ފޮޓޯއަކާ ގުޅިގެން ލިޔުނު ޚަބަރެއް ރީޓްވީޓް ކުރައްވަމުންނެވެ.
ޝުޖާއު ވިދާޅުވީ އެ ފޮޓޯއަކީ ހެންވޭރުގައި ހެދި ޓާރފް ދަނޑެއް ހުޅުވުމަށް ރައީސް ޔާމީން ވަޑައިގެންނެވި ރަސްމިއްޔާތެއްގައި ނަގާފައިވާ ފޮޓޯއެއް ކަމަށާއި ހެންވޭރު ޓާރފް ހުޅުވާއިރު ހެންވޭރު ޒުވާނުންނާއި ކުލަބް ތަކުގެ ވެރިން ތިބޭނެ ކަމަށެވެ. އަދި އޭރު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ އެތަނުގައި ތިބޭ އެންމެންގެ މައުލޫމާތު ހޯއްދަވައިގެން ނޫން ކަމުގައެވެ.
ޝުޖާއު ވިދާޅުވީ ޚަބަރު ލިޔުނު ފަރާތާއި ޚަބަރު ލިޔުމަށް އަމުރު ކުރި ފަރާތަށް ކިތަންމެ ހަޖަމު ނުވިޔަސް ރައީސް ޞާލިޙަށް މަރު ވިއްކައިގެން ދެން ވެރިކަމަކަށް ނާދެވޭނެ ކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ މާލޭގެ ހުރިހާ ކްލަބު ޖަމިއްޔާ ތަކަށް މި ސަރުކާރުންވެސް ސްޕޮންސަރޝިޕް ދެއްވާ ކަމަށާއި އެއީ އެންމެންނަށް ވެސް އެނގޭކަމެއް ކަމަށެވެ.
ކަލޭމެންތ އެއްބައެއ. ގަންދީބުނަނ ކަލޭމެންގ ތަރެއަކ ތެދުވެރ ހަމ އެކަކުވެސ މުވ ހުސ މުނާފިގުން