މިސްކިތްތައް މަރާމާތުކުރަން ފައިސާ ހޯދަން ބާއްވާ ޓެލެތޯން އަންނަ މަހުގައި

މާލޭ ސިޓީގެ މިސްކިތްތައް މަރާމާތުކުރަން ފައިސާ ހޯދަން މާލޭ ސިޓީ ކައުންސިލުން ބާއްވާ ޓެލެތޯން އަންނަ ޖަނަވަރީމަހުގައި ބާއްވާ ގޮތަށް ފަސްކޮށްފިއެވެ.
ޓެލެތޯން ބާއްވާ ގޮތަށް ކުރިން ތާވަލުކޮށްފައި އޮތީ ހުކުރު ދުވަހަށެވެ. ނަމަވެސް އަންނަ އަހަރުގެ ޖަނަވަރީ ހަތް ވަނަ ދުވަހު ބާއްވާ ގޮތަށް މިހާރު ވަނީ ފަސްކޮށްފައެވެ.
ޓެލެތޯން ފަސްކުރީ އެކަމަށްޓަކައި އިތުރަށް ވާންޖެހޭ ތައްޔާރީތަކެއް ހުރުމުންނެވެ. އަދި ވީހާވެސް ގިނަ ބަޔަކު ޓެލެތޯންގައި ބައިވެރިކުރުމަކީ ވެސް ޓެލެތޯން ފަސްކުރި ސަބަބެކެވެ.
މާލޭ ސިޓީ ކައުންސިލުން އަންނަނީ މާލޭ ސިޓީގެ 42 މިސްކިތް ބަލަހައްޓަމުންނެވެ.

Ads by Ooredoo