ފުޓްބޯޅަ

މިރޭ ފައިނަލް މެޗް ބަލަން ވަދެވެނީ ކިހާވަރަކަށްކަން އިނގޭތަ؟

ރައުފާ ރަޝީދު ، ދެން އޮންލައިން

32 ޓީމާއެކު ބާއްވާ ވޯލްޑް ކަޕްގެ ފަހު މެޗު ނިމުމަކަށް އަންނައިރު 85،000 މީހުންގެ ޖާގައިގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ އާޖެންޓީނާ އާއި ފްރާންސްއެވެ. މި މެޗުގެ ޓިކެޓްގެ އަގު ހަތަރު ހާސް ޑޮލަރަށް ވަނީ އަރައިފިއެވެ.

Ads by MWSC

ސެންޓްރަލީ ޕްލޭޑް ކެޓަގަރީ 1ގެ ޓިކެޓު އާންމުކޮށް ވިއްކާ ފޭސް ވެލިއު އަކީ 1،600 ޑޮލަރެއެވެ. ނަމަވެސް ކަޅު ބާޒާރުގައި މިހާރު ލިބެން ހުރި އެންމެ އަގުހެޔޮ ޓިކެޓު ކެޓަގަރީ 4 ގެ ގޮނޑިއަކަށް 3،000 ޑޮލަރަށް ވުރެ މައްޗަށް އަރައެވެ.

އެކަމާއި ގުޅިގެން އާޖެންޓީނާގެ ބައެއް ސަޕޯޓަރުން ވަނީ ގަތަރުގައި ހުންނަ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މުވައްޒަފުން ތިބޭ ހޮޓަލު ކައިރިއަށް އެއްވެ ޓިކެޓްގެ އަގުތައް ފީފާ އިން އޮފިޝަލްކޮށް ކަނޑައަޅައިފައިވާ އަގުތަކަށް ދަށް ކުރުމަށް ގޮވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!