ޚަބަރު ސިޔާސީ

ރިޔާސީ ޕްރައިމަރީ: ނަޝީދުގެ ތާއީދު ފޯމު ފުރުމަށް މިއަދު ނުކުންނަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ ތާއީދު ފޯމު ފުރުމަށް މިއަދު ނުކުންނަން ނިންމައިފިއެވެ.

Ads by Hajj Corporation

އަންނަ މަހުގެ 28 ވާ ހޮނިހިރު ދުވަހު ރިޔާސީ ޕްރައިމަރީ ބާއްވާނެކަން އިއުލާނުކޮށް އެމްޑީޕީން މި މަހުގެ 18 ވަނަ ދުވަހު ވަނީ އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލާފައެވެ.

ޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފެޅުން ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ މި ޕާޓީގެ 500 މެންބަރުންގެ ތާއީދާއިއެކު 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. އެމްޑީޕީން އެ ދުވަހު ކުރި އިއުލާނުގައިވެއެވެ.

ހަމަ އެ ދުވަހު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފައެވެ.

ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އަޅުގަނޑަށް ދެއްވުން ވަރަށް އެދެން.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ޓީމުން މިއަދު ތާއީދު ފޯމު ފުރުމަށް ނުކުންނާނެއެވެ. ހަވީރު 16:00 އިން ފެށިގެން 18:00 އަށް އެ ހަރަކާތްކުރިއަށްދާނީ އެމްޕީއެލް ސަރަހައްދާއި ރާޅުގަނޑު ސަރަހައްދުގައެވެ.

ނަޝީދުގެ އިތުރުން ޕްރައިމަރީގައި ދެން ވާދަކުރައްވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ކެމްޕޭން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް ޞާލިޙް ރޭ ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނާ ވެސް ބައްދަލު ކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!