ޚަބަރު ސިޔާސީ

ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑައިލަން ނިންމައިފި: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑައިލަން ނިންމިކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ ރައީސް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޭގެ ވަގުތެއްގައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑައިލަން ނިންމާފައިވާކަމަށް އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން އެ މަނިކުފާނު ގާތުގައި ވިދާޅުވެފައިވާ ކަމަށެވެ.

އަޅުގަނޑު ރަހުމަތްތެރި އިނގިރޭސި ސަރުކާރުގެ ބައެއް ވެރިން ރޭގައި ވިދާޅުވީ ލަސްވެގެން މިއަންނަ ދެ މަސް ދުވަހުގެތެރޭ ރާއްޖެއިން ޔޫކޭއަށް އެތެރެކުރާ މަހުގެ ޑިއުޓީ ކަނޑައިލާނެ ކަމަށް.

''މިއީ އުފާވެރި ޚަބަރެއް'' ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ވިދާޅުވީ މިކަން މިވަނީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން ކަމުގައެވެ.

ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޤައުމުތަކަށް ބޭރުކުރާ މަހުގެ ޑިއުޓީގެ ގޮތުގައި 22 އިންސައްތަ ނަގައެވެ.

ޑިއުޓީ ކުޑަކުރަން އެކިއެކި ފޯރަމްތަކުގައި މި ސަރުކާރުން ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރެއްވި ނަމަވެސް އެކަމަށް އަލިމަގެއް އަދި ފެނިފައެއް ނުވެއެވެ. ދާދިފަހުން ސަރުކާރުން ވަނީ
އީޔޫ ނޫން އެހެނިހެން މާކެޓުތަކަށް މަސް ބޭރު ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

Ads by HDC
  1. އަބްދޫ

    ތިޔައީތެދެއްކަމަކަށް ނުބެލެވޭ. ޑިއުޓީ ފްރީ ކޮށް އޮތް ޒަމާނުގަ ޑިއުޓީ ނުނަގައިގެން މައްސަލަޖައްސާ ސަކުވާކޮށް ޑިއުޓީ ނެގުމަށް ހުރިހާ މަސައްކަތެއް ކުރީ ހަމަ ތިޔަ ނަސީދު ތިޔަ ވަގު ނަސީ ދު ކުރި މަސައްކަތުން ޔޫރަޕްގެ ގައުމުތަކުގަ ޑިއުޓީ ނަގަންފެށީ ދެން ކުރި މަސައްކަތަކީ ޓޫރިސްޓުން ޔޫރަޕުން ރާއްޖެ ނާދޭތޯ މަސައްކަތް ކުރުން ނަސީދުގރެ ސަބަބުން ރާއްޖެއަށް ވަނީ ވަރަށްގިނަގެއްލުން ލިބިފަ. އެކަން އިސްތިއުފާގެ ސިޓީން ވެސް ދޭހަވާނެ.