ޚަބަރު އިޖުތިމާޢީ

މާލޭގައި ކްރިސްމަސް ފާހަގަނުކުރުމަށް އަންގައިިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކްރިސްމަސް ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭ ސިޓީގައި އެއްވެސް ހަރަކާތެއް ނުހިންގުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

Ads by Hajj Corporation

މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނީ އެކިއެކި ޤައުމުތަކުގައި މި އަހަރުގެ ކްރިސްމަސް ދުވަސް ޣައިރު މުސްލިމުން ފާހަގަކުރި ނަމަވެސް, ކްރިސްމަސް ދުވަހާ ގުޅިގެން އެފަދަ އެއްވެސް ހަރަކާތެއް މާލޭ ސިޓީގައި ހިންގުމަށް އެ ކައުންސިލުން އެއްވެސް ހާލެއްގައި ހިތްވަރުނުދޭނެ ކަމަށެވެ.

އަދި މާލޭ ސިޓީގައި އެފަދަ އަމަލުތައް ހިންގުމަށް އެ ކައުންސިލުން ހުއްދަދޭ ކަމެއް ނޫންކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވެއެވެ.

މާލޭ ސިޓީގެ އެއްވެސް ތަނެއްގައި އެފަދަ އަމަލުތައް ނުހިންގުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!