ޚަބަރު

ދޯނިން ގެއްލުނު ބިދޭސީމީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ލ. ގަން ތުނޑިއާއި ދިމާާލުން ދަތުރުކުރި ދޯންޏެއްގައި އަލިފާން ރޯވެގެން، އެދޯނި އަޑިއަށް ގޮސް، ގެއްލުނު ބިދޭސީ މީހާ، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

Ads by Hajj Corporation

އެމްއެންޑީއެފް އިން ބުނީ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 48 މީޓަރު އަޑިން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ގަމު ހޮސްޕިޓަލަށް ގެންދިޔުމުގެ މަަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އޭނާ ނިޔާވެފައިވާކަން ލ. ގަމު ހޮސްޕިޓަލުން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިިކަމާއި ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ ހޮސްޕިޓަލަށް އެބިދޭސީ މީހާގެ ހަށިގަނޑު ގެންދިޔައިރު ވެސް އޭނާވަނީ ނިޔާވެފައި ކަމަށެވެ.

"ވިންދު" ނަމަކަށް ކިޔާ ކާގޯ ދޯންޏެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް މިއަދު މެންދުރު 15:00 ހާއިރުއެވެ.

އެދޯނީގައި ދަތުރު ކުރަމުން ދިޔައީ ޖުމްލަ 10 މީހުންނެވެ. އެއީ ދިވެއްސަކާއި 9 ބިދޭސީންނެވެ.

އެދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ދޯންޏަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!