ޚަބަރު

ކުޅުދުއްފުށީގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ މީހަކު ފެނިއްޖެއެވެ.

Ads by Hajj Corporation

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 45 އަހަރުގެ މީހެއް ކަމަށެވެ.

އޭނާގެ އާއިލާ ފަރާތުން ފުލުހުންނަށް އޭނާ ގެއްލިގެން ރިޕޯޓް ކުރި ކަމަށާއި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އޭނާގެ ގެ ބަލާ ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ. ނިޔާވި މީހާ ފެނިފައިވަނީ އޭނާ ނިދާ ކޮޓަރިން ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަޙްޤީޤް ކުރަމުންނެވެ. މިއީ ޤުދުރަތީ މަރެއް ކަމެއް ނުވަތަ ނޫންކަމެއް އަދި އިނގިފައެއް ނުވެއެވެ.

  1. ބަލަގަކަލެޔާ

    ނިދ ކޮޓަރ އޮތްމީހަކު ގެއްލުނ ކިހިނެއ.

    • އަރުސޫސްބޭބެ

      މަވެސް ހިތަށްއެރީ ހަމަ ތިޔަހެން. ގެއްލިގެން އާއިލާއިން ރިޕޯޓުކުރިއިރު ކޮޓަރި ނުބެލީ ކީއްވެބާ؟

  2. މިސަރުކާރު އައިފަހުން ތިނޫން އަޑެއް އިވޭބާ….
    ޕީޕީ ސަރުކާރެއް ނަމަ ހުރީސް ފޯރި

    • މުއްތި

      މީހުންމަރުވަނީސަރުކާރުގެ މައްސާލައަކުން ވެއްޖެއްޔާއަބަދުވެސް ސަރުކާރުކޮޅުގަ ހުންނަންވީ އެއްނު، ކއ ގަބޫލުކުރާގޮތުންދެން މަރެއްނެއްތާ!

    • ވަކި ސަރުކާރެއްގަތަ މީހުން މަރުވާންް ޖެހެނީ ބަލާއެއް

  3. ކެންސަލް

    މި މީހާ މަރުވި ގޮތްބެލުމަށް ޕޯސްޓްމޯތަމް ހަދަންޖެހޭ

  4. ީއަލީ

    މަރުކޮމިޝަނުން ތަހުގީގުކުރަން ޖެހޭ