އިދިކޮޅު ޖަލްސާގެ މައިގަނޑު އަމާޒަކަށް މިނިސްޓަރު ޝާހިދު

ރައީސް ޔާމީން އަބްދުލްޤައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް، އިދިކޮޅު ޕީޕީއެމްގެ ގިނަ ފަރާތްތަކެއްގެ ފާޑު ކިޔުން، ފޮރިން މިނިސްޓަރު ޝާހިދަށް އަމާޒުވެއްޖެއެވެ.
އިދިކޮޅުން ކާނިވަލުގައި "ފެލައިލައިފި"ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ހުރިހާ ފަރާތްތަކުން ވެސް ޝާހިދަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ.
އިދިކޮޅުގެ ފާޑު ކިޔުން އަބްދުﷲ ޝާހިދަށް އަމާޒުވެފައި މިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ޕްރައިމަރީ ލޯންޗްކުރުމަށް ބޭއްވި ހަރުގެ ޖަލްސާގައި، ޝާހިދު ދެއްކެވި ވާހަަކަފުޅުތަކާއި ގުޅިގެންނެވެ. އެ ރޭގެ ޖަލްސާގައި މުޅި އިދިކޮޅަށް، ޚާއްސަކޮށް ރައީސް ޔާމީނަށް މިނިސްޓަރު ޝާހިދު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޖަލްސާ ފައްޓަވަމުން ވާހަކަފުޅު ދައްކަވާފައިވަނީ މާލޭ ސިޓީ ކައުންސިލް މެންބަރު ޝުޖާއުއެވެ. އޭނާގެ ވާހަކަފުޅުގައި ވެސް ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޝުޖާއު ވާހަކަފުޅު ދައްކަވަނީ
"މި ސަރުކާރުގެ ތެރޭގައި އެބަހުރި މާމުލު ބޮޑު ވަގެއް. ދިވެހި ރައްޔިތުންގެ ފައިސާ މިނިސްޓަރ ޝާހިދު، އޭނަ ޔޫއެންގައި މަޤާމު އަދާކުރަމުންދިޔަ އެއް އަހަރު، އަޅުގަނޑުމެން ދިވެހިން ފައިސާއިން އޭނަ ވަނީ ފައިސާ ނަގާފައި. އެއީ ދިވެހިންނަށްވީ ޚިޔާނާތެއް" ޝުޖާއު ވިދާޅުވިއެވެ.
"ރައީސް މައުމޫނުގެ ދުވަސްވަރު މީހުން ބުނޭ، ރައީސް އޮފީހުގެ ތެރޭގައި އުޅޭނޭ ބޯ ނުބައި ގޮލައެއް. ދެން އަޅުގަނޑުމެން ބެލީ ކާކުތޯ. ބުނި ކުރުކޮށްށޭ ހުންނާނީ. ބަލާލިއިރު މި ހިޔަޅު ކަލޭގެ"
ޝާހިދުގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ގެކޮޅު ހެދީ ކޮންތާކުން ލާރި ހޯދައިގެންތޯ ސުވާލު ކުރުއްވުމުން، އެކަމަށް ރައްދު ދެއްވާ އޭނާގެ ގެކޮޅު ހެއްދެވީ ކޮންތާކުން ލާރި ހޯދައިގެންތޯ ސުވާލު ކުރެއްވިއެވެ.
ސައީދުގެ ވާހަކަފުޅު ފައްޓަވާފައި ވަނީ ވެސް ރައީސް ޞާލިޙާއި ޝާހިދަށް ފާޑު ވިދާޅުވަމުންނެވެ.

ރޭގެ ޖަލްސާގައި ސައީދު ވާހަކަފުޅު ދައްކަވަނީ
"މުލިޔާ ގޭގައި މި ޖަލްސާ ބައްލަވަމުން ގެންދަވާ ހުރިހާ ވަގުން. އޭގެ ތެރޭގައި ޗޯރު އިބްރާހީމް އަދި ދިވެހިންނަށް މިހާރު ކުރިމަތިވެގެން އުޅޭ މުސީބާތުގައި އެންމެ އަޑީގައި ހުންނެވި ގެރި ޝާހިދު" ސައީދު ވިދާޅުވިއެވެ.
ޝާހިދަށް ފާޑު ވިދާޅުވަމުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕީއެޗްޑީ ނަގަން ބޭނުންވާ މީހުން ޖެހެނީ ފޮރިން މިނިސްޓަރު ޝާހިދުއާއި ކައިވެނި ކުރަންކަމަށެވެ.

ރޭގެ ޖަލްސާގައި ޝިޔާމް ވާހަކަފުޅު ދައްކަވަނީ
އޭގެ އިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ޝާހިދު ކުރިން ކުރި ވައްކަމުގެ ވާހަކަ އެފަރާތްތަކަށް ދެއްކިދާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި އަދުރޭ ވާހަކަފުޅު ދައްކަވަނީ
"ޝާހިދު ކަލެއަކީ ކާކުކަން އަހަރެމެންނަށް އެބަ އިނގެއޭ. ކަލޭކޮށްފައި ހުރިކަންކަން އެނބަ އިނގޭ. ކަލޭ ކޮއްފާނެ ކަންކަން އެބަ އިނގޭ. ކަލޭގެ ލޭ އިނގޭ. ކަލޭގެ ފޮތް އިނގޭ." އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި ވެސް ޝާހިދަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"އެހެންވީމަ ހާރިޖީ ސިޔާސަތަކީ ވެސް ހަމަ ކަސްބީ ސިޔާސަތެއް. ވަރަށް ކަސްބީ ސިޔާސަތެއް. ލޯ ހުޅުވާށޭ ބުނީމަ ލޯ ހުޅުވާލާނެ. ދެން ވެސް ހުޅުވާލާށޭ ބުނާތަނެއް ހުޅުވަން ޖެހޭނީ" ރައީސް ޔާމީން ވިދާޅުވީ މިއީ ކަސްބީ ސިޔާސަތެއްކަމަށް ވިދާޅުވާ ޖެހެނީ، ނާޝިގަނޑު ހިފައިގެން ގައުމުތަކަށް ސަލާން ޖަހަން ދާތީކަމަށެވެ އަދި ހާރިޖީ ސިޔާސަތުތަކުން ހަމައެކަނި އެންމެ ދިމާލަކަށް މިސްރާބު އޮތީ ވެސް ހަމަ އެ ކަސްބީ ސިޔާސަތުތަކާއި ހެދިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.