ސިލްސިލާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 15 މީހުން ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
އިދިކޮޅުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 11 އަހަރަށް ޖަލަށްލުމަށް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ރޭގެ މުޒާހަރާގެ ތެރެއިން 15 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެންވެސް މިއަދު ހެނދުނު ވަނީ ދޫކޮށްލާފައެވެ.
ރޭ ނޫން ކުރީ ރޭ ވެސް މުޒާހަރާގެ ތެރެއިން 16 ބައިވެރިޔަކު ވަނީ ހައްޔަރުކޮށްފައެވެ.
މުޒާހަރާގައި އިދިކޮޅުން ދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. ބެނާތަކާއެކު މާލޭގެ އެކި ހިސާބުތަކުގައި އިދިކޮޅުން ހަރަކާތްތެރިވެފައިވެއެވެ.