މިއަދު އިތުރު 116 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ
މިއަދު އިތުރު 116 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 116 މީހުންގެ ތެރޭގައި ހިމެނެނީ 77 ދިވެހިންނާއި، ބަންގްލަދޭޝްގެ 27 މީހަކާއި، ލަންކާގެ ހަ މީހަކާއި، އިންޑިއާ ފަސް މީހަކާއި ނޭޕާލް މީހެއް ކަމަށެވެ
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5157 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2303 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.
Ads by Allied Insurance