Thursday, 12 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އާޔަތާއި ހަދީސުން ފުރައްސާރަކުރުމަކީ ނުބައިކަން ބޮޑުވެގެންވާކަމެއް: ޑރ.ޝަހީމް

އާޔަތާއި ހަދީސުން ފުރައްސާރަކުރުމަކީ ނުބައިކަން ބޮޑުވެގެންވާކަމެއް: ޑރ.ޝަހީމް

ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީީޘްތަކުގެ ބޭނުންކޮށްގެން އެހެން މީހުންނަށް ފުރައްސާރަކުރުމަކީ ނުބައިކަން ބޮޑުވެގެންވާކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނަކަށް ހިތާމަވެރި ޙާލަތެއް މެދުވެރިވުމުން އެ މީހަކަށް ޒާތީގޮތުން ފުރައްސާރަކޮށް ދިމާކުރުމަކީ އިންސާނެއްގެ ކިބައިގައި ހުންނާނެ އެއްމެ ނުބައި އަޚުލާޤީ ބަލިމަޑުކަން ކަމުގައެވެ.

އަދި އޭގެ ނުބައިކަން ބޮޑުވެގެންދާ ކަމަކީ އެފަދަ ހާލަތްތަކުގައި އާޔަތާއި ހަދީސުން ފުރައްސާރަކުރުން ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ޑރ.ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ވ.އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މި މަހުގެ 25 ގައި ޙުކުމްކޮށްފައިވަނިކޮށެވެ.

ރައީސް ޔާމީން ޖަލު ބަންދު ކުރުމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ ފުރައްސާރައިގެ ބަސްތައް ރައްދު ކުރައްވަމުންނެވެ. ޑރ.ޝަހީމްގެ ޓުވީޓު އަމާޒު ކުރައްވާފައިވަނީ އެފަދަ ޢިލްމުވެރިންނަށް ކަމަށް ބެލެވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.