ޚަބަރު ސިޔާސީ

ދެން އެންމެ ހިނދުކޮޅަކަށް ވެސް މަޑުޖެހިފައި ނުތިބޭނަން: ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުމެވަޑައިގަތީ ކާމިޔާބުވެވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމަށާއި މި މަސައްކަތުގައި ''ދެން އެންމެ ހިނދުކޮޅަކަށް ވެސް މަޑުޖެހިފައި ނުތިބޭނަން'' ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކެމްޕޭން ޓީމާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޕްރައިމަރީއަށް ނުކުމެވަޑައިގަތީ ކާމިޔާބުވެވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމަށާއި މިކަން ނިންމަވާނީ ކާމިޔާބު މޮޅަކުން ކަމަށެވެ.

އަދި މިކަމުގައި ނުކުމެވަޑައިގެން އުޅުއްވާނެ ކަމަށާއި ''ދެން އެންމެ ދުވަހެއް ވެސް ވައްޓައެއްނުލާނަން'' ކަމަށް ނަޝީދު ވިދާޅުވިއެވެ.

''ފިކުރެއްގެ ދިރުން'' ގެ ނަމުގައި ކެމްޕޭން ހަރަކާތްތައް ފަށްޓަވާފައިވާއިރު މިރޭ ސަލްޓަން ޕާކުގައި ނަޝީދު ސަޕޯޓަރުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި މާދަމާ ކެމްޕޭން ފުރަތަމަ ދަތުރުފުޅު ފައްޓަވާނެއެވެ. އެ ދަތުރުފުޅުގައި ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ޖަނަވަރީ 28 ގައެވެ. ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވަނީ އެންމެ ގާތް ރަޙުމަތްތެރިޔާ, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

Ads by Allied Insurance
  1. އަބްދޫ

    ވައްކްމުގެ ހުކުމް އަދިވެސް ދެމި އޮތުމާއެކު ނަސީދަށް އިންތިހާބުގަ ވާދަ ނުކުރެވޭނެ.