ﷲއަށް ހަމްދުހުރި، އިތުރު 31 މީހަކު ބަލިން ރަނގަޅު ވެއްޖެ

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 31 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 31 މީހަކު މިއަދު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމްލަ 2835 އަށް އަރާފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މިއަދު އިތުރު 116 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 77 ދިވެހިންނާއި، ބަންގްލަދޭޝްގެ 27 މީހަކާއި، ލަންކާގެ ހަ މީހަކާއި، އިންޑިއާ ފަސް މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5157 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2303 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.