ޕްރައިމަރީއަށްފަހު ޕާޓީ ބައިބައިވެއްޖެނަމަ އިންތިޚާބު ކާމިޔާބުކުރަން އުނދަގޫވާނެ: ރައީސް

ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ފަސޭހަވާނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ވެސް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަންނަ ޖަނަވަރީގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ މީހަކު ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުދިނުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
ނަމަވެސްް ޕްރައިމަރީއަށްފަހު އެމްޑީޕީ ބައިބައިވެ ދެ ފަޅިވެގެން ގޮސްފިނަމަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޮޑު ޗެލެންޖަކަށްވާނެކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަދި ޕްރައިމަރީ ނިމުމަށްފަހު ރިިޔާސީ އިންތިޚާބު ކާމިޔާބުކުރަންޖެހޭ ކަންކަން ކުރުމުގައި ޕާޓީގެ އެންމެން އެކުއެކީގައި ތިބުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމެއްކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.