ޚަބަރު ސިޔާސީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ވޯޓުލެވޭނީ 57714 މީހުންނަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާންމުކޮށް އެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by STELCO

އެމްޑީޕީން ޢާންމުކުރި ލިސްޓުގައި ހިމެނެނީ 57714 މީހުންނެވެ.

އެމްޑީޕީން ބުނީ އެ ލިސްޓާމެދު ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ ޖެނުއަރީ އެއްވަނަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެމްޑީޕީގެ ދަަފުތަރުން 39,910 މީހުން ވަކިކޮށްފައިވާއިރު، އެ މައްސަލަ ވަނީ ބޮޑުވެފައެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދަފުތަރުން އުނިކުރީ އެ މަނިކުފާނަށް ވޯޓު ދޭނެހެން ހީވާ މީހުންނެވެ.

ނަމަވެސް ދަފުތަރުން އުނިކުރީ އިލެކްޝަން ކޮމިޝަނުން ބަލަހައްޓަމުންދާ އެމްޑީޕީގެ ދަފުތަރުގައި ނެތް މީހުންކަމަށް ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 28 ގައެވެ. އެ އިންތިޚާބުގައި ނަޝީދާ ވާދަކުރައްވަނީ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!