ޚަބަރު ސަރުކާރު

އެގާރަ މީހެއްގެ އަތުން ޚިޔާނާތުގެ ފައިސާ ހޯދުމުގެ މަސައްކަތް އެބަ ކުރިއަށްދޭ: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް އެބަ ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ކުންފުނިތައް ހިމެނޭހެން 11 މީހެއްގެ އަތުން ޚިޔާނާތުގެ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ފައިސާ ހޯދުމުގައި މިހާރު ވެސް 11 މީހެއްގެ އަތުން ބައެއް ކުންފުނި ވެސް ހިމެނޭ ގޮތަށް ހޯދުމަށް އަޅުގަނޑުމެން ވާނީ ދަޢުވާކުރަން ފޮނުވާފައި. އެކަންތައް ހަލުވިކޮށް ކުރިއަށް އެބަދޭ.

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ 14 މައްސަލައެއް މީގެކުރިން ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން ފަސް ފަރާތަކަށް ޖުމްލަ 43 ދަޢުވާއެއް ކޯޓުގައި ސާބިތުވެފައިވާ ކަމަށެވެ.

އޭގެއިތުރުން ހަތް ފަރާތަކާއި ދެ ކުންފުންޏެއްގެ މައްސަލަ މިހާރު ވެސް ކޯޓުގައި ކުރިއަށްދާ ކަމަށާއި 53 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

އަދި 10 މައްސަލައެއްގައި ދަޢުވާކުުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާތައް ކުރިއަށްދާއިރު އޭގެތެރެއިން ހަތަރު މައްސަލައެއްގައި ދަޢުވާކުރެވިދާނެ ކަމަށް އެ އޮފީހުން ނިންމަވާފައިވާ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަދި އޭގެތެރެއިން ފަސް މައްސަލައެއް މުރާޖަޢާކުރަން މީގެ ދެ ދުވަހެއް ކުރިން އަލުން ފޮނުވާފައިވާއިރު އެއް މައްސަލައެއްގައި ދަޢުވާނުކުރެވޭނެކަމަށް ނިންމަވާފައިވާ ކަމުގައި ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އޭސީސީން ތަޙްޤީޤު ކުރައްވަމުން ގެންދަވާ މައްސަލަތަކުގެ ތެެރެއިން ފައިސާ ހޯދުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން ބައެއް މައްސަލަތައް ސިވިލް ކޯޓަށް މިހާރު ފޮނުއްވާފައިވާ ކަމަށެވެ.

ހަތަރު އަހަރު ނިމުނުއިރު ދައުލަތަށް އެއްވެސް ފައިސާއެއް ނުހޯދި ލަސްވާ ސަބަބާ ގުޅޭ ގޮތުން ރައީސް ޞާލިޙް ވިދާޅުވީ ތަޙްޤީޤުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އައި މަޑުޖެހުމާއެކުގައި ވެސް ނަތީޖާ ނެރުއްވަން އެ ތަންތަނުން ރަނގަޅު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by Ooredoo
  1. އިޕްތީ

    ބަލަ ކަލޭ އަދީބު ރޫމް އަށް ގޮސް ނެގި ލާރި ކޮބާ

  2. ޚިޔާނާތް

    އަލީވަހީދު ބުނާ ގޮތުންނަމަ ތި އެގާރަ މީހުން ތެރޭގާރަ ރައީސް އިބުރާހިމްގެ ނަން ވެސް އޮންނާން ޖެހޭނެތާ.!!

  3. ރައްފުށު

    އަޑުތައްއިވޭގޮތުގަަ އިބޫއައްް ވަރައްް ގިނަފައިސާާ ލިބިފައިވޭޭ އެވާހަކަަ އެއްވެސްމިންވަރަކައްވެސްް އަޑުނީވޭތީީ ހިތާމަކުރަންް އިބޫގިނައަދަދެއްގެެ ފައިސާާ ތިކިޔާާ ރާއްޖެސިއްސުވާލިި ޚިޔާނާތުންް ގެންދިޔަކަމައްް ބުނާކޮންމެމީހަކައްް އިނާޔަތްތައްް ދީފަަ އަގަބަންދުކުރުވާވާހަކަަ އެހާގިނައިންް އެމީހުންއަމިއްލަޔައްކިޔާއިރުވެސްް އެއްވެސްމުއައްސަސާއަކައްވެސްް އިހުސާސެއްނެތީތީީ ހިތާމަކުރަންް އިންސާފަކީީ ވަކިބަޔަކައްް އޮންނައެއްޗެއްތޯޯ އެހެންގައުމުތަކުގަރައީސާއެކުު މުއައްސަސާތައްވެސްް އިސްތިއުފާދޭތަންފެންް މިންވަރައްް ރާއްޖޭގެެ ހާލަތުގޯސްް އޮތްކަމައްް އެތައްބައިވަރުު ރައްޔިތުންގޮވަމުންދާއިރުވެސްް ކަހާތަންތަންހިރުވަޔޭވެސްް ހިތައްނާރާކަމައްް އެޔޮއްގޭންގޮވާއިރުވެސްް މިމީހުންް ރައްޔިތުންގެެ ފައިސާއިންް އުދުހުމާއިި މަޖާކުރާތަންނޫންކަމެއްނުފެންނަކަމައްް އެތަކެއްބަޔަލުު ގޮވަނީީ މިމީހުންް މަޖަލުންްމަޖާނަގަނީ