Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެމްކިއުއޭއިން އެކްރެޑިޓް ނުކުރާ ދެ ކޯހެއް އެވިޑް ކޮލެޖުން ހިންގާތީ ސަމާލުވާން އެދިއްޖެ

އެމްކިއުއޭއިން އެކްރެޑިޓް ނުކުރާ ދެ ކޯހެއް އެވިޑް ކޮލެޖުން ހިންގާތީ ސަމާލުވާން އެދިއްޖެ

ވމޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ, އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ޚިލާފަށް އެވިޑް ކޮލެޖުން ކޯސް ތަކެއް އިޝްތިހާރު ކުރަމުންދާތީ އެކަން ސަމާލުކަމަށް ގެނެސްފިއެވެ.

އެމްކިއުއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެވިޑް ކޮލެޖުގެ އިންސްޓަގްރާމް ޕޭޖުގައި އިޝްތިހާރު ކޮށްފައިވާ ދެ ކޯހެއްގައި އެމްކިއުއޭ އެކްރެޑިޓޭޝަނާ ޚިލާފު މައުލޫމާތު ހިމަނާފައިވާ ކަމަށެވެ.

އެގޮތުން އެ ކޮލެޖްގެ ޕޭޖްގައި އިޝްތިހާރުކޮށްފައިވާ ފުރަތަމަ ކޯހަކީ ހަތަރު މަސް ދުވަހުގެ ތެރޭގައި ލެވެލް 5 ގެ ސެޓްފިކެޓް ލިބޭ ކަމަށް އިޝްތިހާރުކޮށްފައިވާ ކޯހެކެވެ. އެއީ "އޭސީސީއޭ އެޕްލައިޑް ނޮލެޖް" ދާއިރާއިންނެވެ.

Advertisement
Allied Insurance — Square (box)

ދެވަނަ ކޯހަކީ ލެވެލް 8 ގެ "އޭސީސީއޭ ސްޓްރެޓެޖިކް ޕްރޮފެޝަނަލް" ކޯހެކެވެ. އެއީ އަހަރެއް ދުވަހުގެ މުއްދަތަށް ހިންގާ ކޯހެކެވެ.

އެމްކިއުއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނީ މިދެކޯސް އެކްރެޑިޓް ނުކޮށްދޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް