ޚަބަރު

ހުޅުމާލޭގައި އިމާރާތްކުރާ “ކޯލިވިން ހައުސިން” ގެ ބިންގާ އަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލޭގައި  މުޅިން އާ ކޮންސެޕްޓަކަށް ރޯޓައިމް އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ އާއި ހަވާލުކޮށްގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ” ކޯލިވިންގ ހައުސިންގ” ޕްރޮޖެކްޓް ބިންގާ އަޅައިފިއެވެ.

Ads by Sosun Fihaara

“ކޯ ލިވިން” ކޮންސެޕްޓަށް އެޗްޑީސީ އިން ފަރުމާކޮށްފައިވާ އެ ޕްރޮޖެކްޓުގައި ތަފާތު ހިދުމަތްތަކާ އެކު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެ ކަމަށް އެޗްޑީސީ އިން ހާމަކުރެއެވެ.

ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކޮށްފައިވާ މިމަޝްރޫޢުގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓަރ މާލެ ރީޖަންގައި ދިރިއުޅޭ ކިޔަވާ ކުދިން، ނުވަތަ ބޮޑު އަގުދީގެން ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

މިއިމާރާތުގެ 2 ވަނަ ފަންގިފިލައިން ފެށިގެން 9 ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންގ އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިތަން ކުއްޔަށް ދެނީ ހަމައެކަނި ދިވެހިންނަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!