ބަރަހަނާވެގެން އުޅުނު ބިދޭސީ މީހާ ފޮނުވާލައިފި

ބަރަހަނާވެގެން މަގުމަތީގައި އުޅުނު ބިދޭސީ މީހާ އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.
މި މަހުގެ ކުރީ ކޮޅުގައި ފެންމަތިވި ވީޑިއޯއެއްގައި ފެންނަނީ ކަނބާއައިސާރާނި ހިނގުމުގައި އަންހެނަކު ނިވާކަން ކުޑަ ގޮތެއްގައި އުޅެނިކޮށެވެ. އެ މީހާވަނީ ނިވާކަންކުޑަ ގޮތެއްގައި ހުރެ މަގުމަތީގައި އަޑު ގަދަކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނަފްސާނީ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.
މި މައްސަލައިގެ އަދާހަމަ ހިއްސާ ކުރައްވަމުން ފުލުހުން ވިދާޅުވީ، އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށެވެ.
މާރިޔާވެސްފޮނުވަބަލަ
ރަނގަޅު ވާހަކައެއް¡