ޚަބަރު ސިޔާސީ

މިއީ ނިކަމެތި ޙާލަތު ބަަދަލު ކުރަންޖެހޭ އަހަރު- ޣައްސާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން--

ޤައުމު މިހާރު އޮތް ނިކަމެތި ޙާލަތު ބަދަލު ކުރެވޭނީ އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމް ވެރިކަމަށް އިންތިޚާބު ކޮށްގެން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު މިހެން ވިދާޅުވީ މި ފެށުނު އައު އަހަރާ ގުޅިގެން، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއަދު ގުނަން މި ފެށި އަހަރަކީ ވޭތުވެދިޔަ ހަތަރު އަހަރުގައި ދިވެހީން ތިބި ނިކަމެތި ޙާލަތު ބަދަލު ކުރަން ޖެހޭ އަހަރު ކަމަށެވެ.

ޣައްސާންގެ ޓްވީޓުގައި ވަނީ އެންމެހާ ދިވެހީންނަށް ދުޅަހެޔޮ ސިއްޙަތެއް މިންވަރު ކޮށްދެއްވުން އެދިވަޑައިގެން ދުޢާވެސް ކުރައްވައިފައެވެ.

މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ކެމްޕެއިން ފަށައިފައިވާއިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ.

ނަމަވެސް އިސްތިއުނާފީ ކޯޓުން އެމަނިކުފާނަށް އިއްވި ޙުކުމް ބާޠިލު ކުރައްވައިފިނަމަ، އެމަނިކުފާނަށް މިއަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ލިބޭނެއެވެ.

 

Ads by Allied Insurance
  1. ލަބީޤް މުޙައްމަދު މާހިދު މަނަދޫގެ

    ޕްލޭން ބީ ގެ ރަނިންގ މޭޓުކަން ފެެންނަނީ ދެއްތޯ؟