Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޑިއާގެ 18 ވަނަ ޤައުމީ ޖަމްބޮރީގައި ރާއްޖޭގެ 88 ސްކައުޓުން

އިންޑިއާގެ 18 ވަނަ ޤައުމީ ޖަމްބޮރީގައި ރާއްޖޭގެ 88 ސްކައުޓުން

އިންޑިއާގެ 18 ވަނަ ޤައުމީ ޖަމްބޮރީގައި ރާއްޖޭގެ 88 ސްކައުޓުން ބައިވެރިވާން ތައްޔާރުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އިންޑިއާގެ "ބާރަތް ސްކައުޓްސް އެންޑް ގައިޑްސް"އިން އިންތިޒާމުކޮށްގެން ބާއްވާ އިންޑިއާގެ 18 ވަނަ ޤައުމީ ޖަމްބޮރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓުންނާ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ‬⁩ ބައްދަލުކޮށްފައިވާ ކަމަށެވެ.

“މި ޖަމްބޮރީގައި ދިވެހިރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން 106 މެންބަރުންގެ ކޮންޓިންޖެންޓެއް ބައިވެރިވޭ. އޭގެ ތެރޭގައި 88 ސްކައުޓުންނާއި 13 ސްކައުޓް ލީޑަރުން ހިމެނޭ” އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މިއަދު ހެނދުނު އިއްޒުއްދީން ސްކޫލްގައި އޮތް  ބައްދަލުކޮށްލެއްވުމުގައި މިނިސްޓަރ އައިޝަތު ޢަލީ ވިދާޅުވީ ސްކައުޓުން ކޮންމެ ތަނަކަށް ދިޔަނަމަވެސް ސްކައުޓްގެ ހުވާގައިވާފަދައިން ދީނާއި ގައުމިއްޔަތަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ.

އަދި ފަސްވަގުތު ނަމާދަށް ފަރުވާތެރިވުމަށާއިމިދަތުރުން ލިބޭ ތަޖުރިބާގެ ބޭނުން އަމިއްލަ ދިރިއުޅުމުގައި ހެޔޮގޮތުގައި ހިފުމަށް މިނިސްޓަރ ވަނީ އިލްތިމާސްކޮށްފައެވެ.

މި ޖަންބޮރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 4 އިން 10 އަށް އިންޑިއާގެ ރާޖަސްތާންގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް