ޚަބަރު

އެންމެ ފަސޭހައިން ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ގައުމަކީ ރާއްޖެ: މުއިއްޒު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އެންމެ ފަސޭހައިން ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ގައުމަކީ ރާއްޖެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ދައުލަތުން ކުރި ހޭދަ އެއް ބިލިއަނަށް ވުރެ މައްޗަށް ދިޔައިރު އާބާދީގެ ނިސްބަތުން އެންމެ ބާރަށް ކޮވިޑް ފެތުރޭ އެއް ގައުމަކީ ރާއްޖެ ކަމަށެވެ.

"ޖިއޮގްރެފިކަލީ ރާއްޖޭގެ ރަށްތައް ހުރި ގޮތާއި ޓޫރިޒަމްގެ ކޮންސެޕްޓަށް ބެލި ނަމަވެސް އެންމެ ފަސޭހައިން ބަލި ކޮންޓްރޯލް ކުރެވޭނެ ގައުމަކަށް ރާއްޖެވޭ." މުއިއްޒު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ކޮވިޑް-19 ގެ ހަރަދުތަކުގެ ތަފްސީލްތަކުގައިވާ ގޮތުން، މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް، ބަލުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަށް ވަނީ ޖުމްލަ 1.114 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 1.4 އިންސައްތަ އިތުރު އަދަދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!