ލައިފްސްޓައިލް

އަންހެނުން ގިނަ ދުވަހު ސިންގަލްކޮށް ތިބެނީ ކީއްވެ؟

ދެން އެމްވީ ، ދެން އޮންލައިން

ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދެމީހަކު ވަކިވުމަކީ އޭގެ ސަބަބުން ކޮންމެވެސް އެކަކަށް ވަރަށް ފުން އަސަރުތައް ކުރުވާ ކަމެކެވެ. ބައެއް ފަހަރު ދެ މީހުނަށް ވެސް މި އަސަރުތައް އެއް ވަރަކަށް ކުރެއެވެ. ބައެއް މީހުން އެއް ގުޅުން ނިމޭއިރަށް އަނެއްކާ ވެސް އާ ގުޅުމެއް ފަށައިގަނެއެވެ. ނަމަވެސް ދެން ތިބި މީހުންނަކީ އެހާ ފަސޭހައިން " މޫވް އޮން" ކުރެވޭ މީހުންނެއް ނޫނެވެ. މޫވް އޮން ކުރެވުނަސް ސިންގަލް ކޮށް ތިބެން ބޭނުންވާ މީހުން ވެސް މަދެއް ނޫނެވެ.

ގިނަ ދުވަހު ސިންގަލްކޮށް ތިބޭ މީހުންގެ ތެރެއިން ބޮޑު އިންސައްތައަކީ އަންހެނުން ކަމުގައި ތަޖުރިބާކާރުން ބުނެއެވެ. ސަބަބުތައް ބައިވަރެވެ. ބައެއް އަންހެނުން ގިނަ ދުވަހު ސިންގަލް ކޮށް ތިބޭ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރަނީ ކުރީގެ ލޯބިވެރިޔާ އަށް ވުރެ ރަނގަޅު ބައިވެރިއެއް ހޯދުމުގެ ބޭނުމުގައެވެ. އަދި ކޮންމެ ކޮންމެ މީހަކު އޭނާ އިމްޕްރެސް ކޮށް ނުލެވޭތިީ ކަމުގައިވެސް ބުނެއެވެ. ތިމާ ބޭނުން ވާ މިސްޓަރ ޕާފެކްޓުގެ އިންތިޒާރުގައެވެ.

އެހެން ބައެއް އަންހެނުން ބުނާ ގޮތުގައި ސިންގަލްކޮށް ހުންނަން ބޭނުން ވަނީ އަމިއްލަ މިނިވަންކަން އެންމެ ފުރިހަމައަށް ލިބޭތީއެވެ. އެހެނީ ބައެއް މީހުންނާ ގުޅިގެން އުޅޭއިރު ބޭނުން ވާ ތަން ތަނަށް ނުދެވި ރައްޓެހިންނާ ބައްދަލު ނުކޮށް ވެސް އުޅެން ޖެހެއެވެ. ނުވަަތަ ސޯޝަލް މީޑިއާ ޕާސްވޯޑުތައް ހިއްސާ ކުރުން ފަދަ ކަންކަންވެސް ކުރަން ޖެހެއެވެ.

އެކި މީހުން ސިންގަލް ކޮށް ތިބެން ބޭނުންވާ ސަބަބު ތަފާތުވާނެއެވެ. މި ރިޕޯޓުގައި މި ހިމަނާލީ އޭގެ ތެރެއިން ވެސް އެންމެ އާންމު ކަންތައްތަކެވެ.

Ads by Allied Insurance
  1. ގަމު މީހާ

    ސިންގަލް ވީމަ ގިނަ ފިރިހެނުންނާ އެކު އުޅެވޭނީ.. އެކުދިން ވަރަށް ހިންހެޔޮވާނެ، ފުރެންޑެއް ވީމަ ބުނަންވެސް ނުޖެހި ކަންކަން ކޮއްލަދޭނެ..

  2. ދެންދޯ

    ގިނައަންހެނުންސިންގަލްއޭބުނުންއެއީދޮގެއް