ބާޒާރުގައި ބަނބުކޭލެއްގެ އަގު އުޅެނީ 125 ރުފިޔާއަށް ކަމަށާއި، މިއީ އެމްޑީޕީގެ ދެ ރައީސުން ކެމްޕޭން ހުއްޓަވައިލައްވައި، މަޤާމުން އިސްތިއުފާ ދޭން ޖެހޭ ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސަރުކާރުން ޖީއެސްޓީ ބޮޑުކުުރުމާއެކު ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާތީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވަމުން އަންނަކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ. މި ކަންބޮޑުވުމާއެކު، ޝުޖާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ރައްޔިތުން "ހަނާ" ކޮށްފި ކަމަށެވެ.
"ބާޒާރުގައި ބަނބުކޭލެއްގެ އަގު އުޅެނީ -/125ރ އަށް.ލަދުހަޔާތުގެ ކަންފުޅެއް ހުރިނަމަ 2 ރައީސުން ކެންޕެއިން ހުއްޓާލާ 2 ރައީސުންގެ މަޤާމުން އިސްތިއުފާ ދޭންޖެހޭ. ރައްޔިތުން ހަނާއަރުވާލާފި" އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސް ޝުޖާޢު ގޮވައިލެއްވީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްތިއުފާއަށެވެ.
ކެމްޕޭން ހުއްޓަވައިލެއްވުމަށްފަހު އިސްތިއުފާ ދެއްވުމަށް، ޝުޖާޢު ދެ ރައީސުންނަށް ގޮވައިލައްވައިފައި މިވަނީ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުފުޅު ކުރައްވަމުން ގެންދަވާ ދުވަސްވަރެއްގައެވެ.
ބަބުކެޔޮ އަގުބޮޑުވީމަ މިގޮވަނީ ރައިސް އިސްތިއުފާއަށް
ސުޖާއު ބަބުކޭލަކީ ޖީއެސްޓީ އެއްޗެއްތޯ؟؟؟
ސުޖާއުގެގޭދޮށުގަހުންބިދެގެއަމއްލަފިހާރާއިގަވިއްކައްނީކިހިނެއްތޯ؟