"ފެށުނީއްސުރެވެސް, އިދިކޮޅުންނާ މަޖިލީހުން ދިޔައީ ސަރުކާރަށް ގޮންޖެހުންތައް ކުރިމަތި ކުރުވަމުން"

މި ސަރުކާރު ފެށުނީއްސުރެވެސް ރައްޔިތުންގެ މަޖިލީހާއި އިދިކޮޅު ފަރާތްތަކުން ދިޔައީ ސަރުކާރަށް ގޮންޖެހުންތައް ކުރިމަތި ކުރުވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވަމުން ގެންދަވާ ފޯރިގަދަ ކެމްޕޭނުގައި މިއަދު ނ. ކެނދިކުޅުދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް އެކަންކަން ހުރަސްކޮށް ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވީ ކެތްތެރިކަމާއެކު ކަމަށެވެ. އަދި ފަސް އަހަރު ތެރޭގައި އެއްވެސް ސަރުކާރަކަށް ނުކޮށްދެވޭހާ މަސައްކަތް، މި ހަތަރު އަހަރުގެ ތެރޭގައި ކޮށްދެއްވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އަސާސީ ޚިދުމަތްތައް ދިނުމުގައި ރާއްޖޭގައި ދިރިއުޅޭ އެއްވެސް މީހެއް ތަފާތުކޮށްގެން ނުވާނެކަމަށެވެ. އަދި އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެށި މަސައްކަތް، ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ އެއްވެސް މީހަކީ ތަފާތުކޮށްގެން ވާނެ މީހެއްނޫން. ކޮންމެ މީހަކަށް ލިބިދޭން ޖެހޭ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކުގައި އެމީހަކު ދިރިއުޅޭ ރަށަކުން އެމީހަކަށް ލިބެން ޖެހޭ. އެޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފެށި މަސައްކަތް މިހާރު ބާރު ސްޕީޑުގައި މިދަނީ ކުރަމުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނަށް އެބައޮތެވެ.
އަދި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ މަގުމަތި ކުރަންވީތޯ ނޫނީ ވެރިކަމަށް އަނެއްކާވެސް ހޯދައި، ވަޢުދުތަށް ފުއްްދަންވީތޯ މިއީ ވިސްނަންވީ ކަމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދެން މިޖެހުނީ ލޮލަށް ގޮވަން އަޅެ ކަލޭމެންނަށް މުޅި މަޖިލީހުގެ މެޖޯރިޓީ ޝަރުޢީ ދާއިރާވެސް ކަލޭމެންގެ ސޯޓު ތެރޭގަ މިނިވަން މުއައްސަސާތަށް ކަލޭމެންގެ ފޯނާ ލެޕްޓޮޕްގަ ރައްކާކޮއްަފަ އެންޓި ކޮރަޕްޝަން ކޮމިޝަން ގަ ކަލޭމެންގެ އޮޑިވެރިންނާއި މަސްވެރިން ޕޖ ގަ ކަލޭމެންގެ ޕަޕެޓުން އޭޖީގަ ކަލޭމެން ގެ ރޯނު ވަކީލުން ކަލޭމެންގެ ކޮނޑުގަ ހުޅަނގުގެ ޑިމޮކްރެސީ ކަލޭމެން އަތުގަ ފެހި ގާނުނު އަސާސީ ކަލޭމެނގެ ޖީބުގަ ކޮރަޕްޝަނާއި ފަސާދަ ދެނޯ ގައުމު އަމާން ވާނެ ވަރު މެނޭޖް ކޮއްބަލަ