ރޮޒޭ ވިދާޅުވަނީ ރައީސްއަށް މިހާރުވެސް ކާމިޔާބު ވެއްޖެ ކަމަށް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް، މިހާރު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުވެފައިވާ ކަމަށް، އެމަނިކުފާނަށް ތާއީދު ކުރައްވާ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.
ރޭ ނ. ވެލިދޫގައި ބޭއްވި ކެމްޕޭން ހަރަކާތުގެ ވީޑިއޯއެއް ހިއްސާ ކުރައްވައި، ރޮޒައިނާ ވިދާޅުވީ މިކަން މިއޮތީ ނިމިފައި ކަމަށެވެ.
"މި ޕްރައިމަރީ އޮތީ ރައީސް ސޯލިހަށް ލިބިފައި." ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގައެވެ.
ވަރަށް ވާދަވެރި ކެމްޕެއިނެއް ކުރިއަށް ގެންދާ މި އިންތިޚާބުގައި ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ރައީސް މުޙައްމަދު ނަޝީދެވެ.