ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުުރު ދިވެއްސަކު ނިޔާވެއްޖެ
- ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.
މިކަން އަދި ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދީފައި ނުވި ނަމަވެސް "ވަގުތު" ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ނިޔާވި މީހާގެ އާއިލާއިން ވަނީ އެ ނޫހަށް އެކަން ކަށަވަރު ކޮށްދީފައެވެ.
"ވަގުތަށް" ނޫހުގައި ވާ ގޮތުން ނިޔާވެފައި ވަނީ ފިރިހެނެކެވެ.
މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 20 ވަނަ މީހާއެވެ. އެގޮތުން މިހާތަނަށް 14 ދިވެއްސަކު ނިޔާވެފައިވާއިރު، އަނެއް ހަ މީހުންނަކީ ބިދޭސީންނެވެ.