ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނުލިބެނީސް ކޯލިޝަން ހެދުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރޭ ކެންގަރޫ ސްކޫލުގައި ހއ. އަތޮޅާއި ހދ. އަތޮޅާއި ށ އަތޮޅު އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކޯލިޝަނެއް ހަދައިގެން ވެރިކަމަށް ވަޑައިގަތުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށެވެ. ރައީީ‘ ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ 60 އިންސައްތައިގައި އޮތް ޕާޓީއެއްކަމަށާއި މި އިންތިހާބުގައި ބައިވެރިވެ އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރެވެން އެބައޮތްކަމަށެވެ.
"ހަގީގަތުގައި 100 ޕަސަންޓްގައި ތިބި ބައެއް. އަމިއްލަ އަށް އެބައޮތް މި އިންތިހާބުގައި ބައިވެރިވެ އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރެވެން. އެހެން ތިބި ބަޔަކަށް މީގައި 40 ޕަސަންޓް ނަގަން ޖެހުނީމާ އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ދެރައެއް. އަދި އެމްޑީޕީ މެންބަރުންނަށް ވެސް ވަރަށް ބޮޑު ދެރައެއް،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް ރައީސް ސޯލިހްގެ ސަރުކާރުގައި 40 ޕަސަންޓް ހަމަޖައްސާފައި ވާދަވެރި އެހެން ޕާޓީތަކަށް ސަރުކާރުގެ ބޮޑު ބައި ދިނުމަކީ އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިގޮތުގައި އެކަނި ނުކުމެ އިންތިހާބެއް ކާމިޔާބު ކުރުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން ވާނޭކަމެއް ނޫނެވެ.
ބަލަގަކަލް ތީކްލިސަންބޭނުއްވާމީހެއްނޫ ދެންކޮންކްލިސަނެކޭކިޔާކައް