އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރަށް، ޑެޕިއުޓީ މިނިސްޓަރުކަން

އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޔަސްރިފަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔަސްރިފަށް ހައުސިން މިނިސްޓްރީގެ އިސް މަޤާމެއް ދެއްވައިފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ތިން ވަނަ ދައުރުގައި ޑެޕިއުޓީ މޭޔަރުކަން ކުރެއްވުމަށް ފަހު ފަހުން، ޔަސްރިފް ހުންނެވީ ކައުންސިލް އިދާރާގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ.
ޔަސްރިފަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމު ދެއްވިއިރު، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.