ވެރިކަން ބޭނުންވެގެން އުޅެނީ ނަޝީދު، ތިންވަނަ ދައުރަކަށް އަޅުގަނޑު ކުރިމައްޗެއް ނުލާނަން: ރައީސް ޞާލިޙް
ވެރިކަން ބޭނުންވެގެން އުޅެނީ ރައީސް ނަޝީދު ކަމަށާއި ތިންވަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ހުޅުމާލެ ރައްޔިތުންނާ އެކު މިހާރު ކުރިޔަށްދާ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ގާނޫނުއަސާސީ އާއި ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެންވެސް ވެރިކަމަށް އަންނަން ބޭނުންވާ މީހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
“ނިޒާމު ބަދަލުކޮށްގެން ވެސް ގާނޫނު އަސާސީ ބަދަލުކޮށްގެންވިޔަސް ވެރިކަމަށް އަންނަނީ ކޮން ބޭފުޅެއްކަން ކާކުކަން ތި ހުރިހާ ބޭފުޅުންނަށް އެނގިވަަޑައިގަންނަވާނެ. ވަރަށް ސާފުކޮށް ފެންނަން ހުރި ކަންކަން މިއީ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބެއްގައި އޮންނަނީ ދެ ދައުރު ކަމަށާއި ތިންވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށާއި ރިޔާސީ އިންތިހާބަށް ކުރިމަތިލީ ވެސް އެ ސަބަބާ ހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ނެތިން ދެ ދައުރަށް ވުރެ އިތުރަކަށް އިންތިހާބަކަށް ކުރިމަތިލާކަށް ވެސް. އަޅުގަނޑު ނެތިން ބަރުލަމާނީ ނިޒާމެއްގައި ވެސް ވެރިކަމުގެ ތެރޭގައި ދެމި ހުންނާކަށް” ރައީސް ޞާލީހް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު ކުރެއްވި މަސައްކަތަށް އިޝާރާތް ކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާނަމަ ރިޔާސީ އިންތިހާބަށް ނުނިކުންނަވާނެ ކަމަށެވެ. އަދި ވެރިކަމުގައި މިހާރު އެ ހުންނެވީ އެންމެ މީހެއްގެ ތާއީދާއެކު ނޫން ކަމަށާއި އިންތިހާބު ކާމިޔާބު ކުރެއްވީ އެތައް ހާސް ރައްޔިތުންގެ ތާއީދާއި ވޯޓުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ބަލަ ތިޔަ އިބޫ ކުރިމަތިލިނަމަ ތހިޔަ ވެރިކަމރެއް ނުލިބޭނެ އެއީ ހަގީގަތް ތިވެރިކަން ލިނބިފަތިހުރީ ހަމަ އެ ނަޝީދު ތިމީހާ ދެއްކީމަ ވ ސާފުމިކަން މިހާރު ތިއުޅެނީ އޮޅިގެން ވެރިކަމާހެދި ބޫތުކައިގެން. ތާއީދުވެސް ދިނީ އެ ނަޝީދު ދެއްކިމީހެއްވީމަ