ޚަބަރު ސިޔާސީ

ވައްޑެގެ ރައްދު ރައީސް ޞާލިޙަށް: ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އަކީ އަމާންކަން ގާއިމްވި މިންވަރުގެ ކުޑަ މިސާލެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފާއިތުވެދިޔަ 4 އަހަރު ހޭދަކުރީ ރައްޔިތުން ހަވާލުކުރި މަސައްކަތްތައް ކުރުމުގައި ކަމަށާއި އަމާންކަން ގެނެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން، އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

Ads by STELCO

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ހުޅުމާލެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ވެރިކަމަށް އައުމަށްފަހު ރައްޔިތުން އެމަނުކުފާނާ ހަވާލުކުރި މަސައްކަތްތައް ކުރުމުގައި 4 އަހަރު ހޭދަކޮށްފައިވާ ކަމަށާއި ބޮޑެތި ބަދަލުތައް ގެނެސްދެއްވި ކަމަށެވެ.

އެގޮތުން ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި މާލޭގެ މަގު މައްޗަށް އަމާންކަން ގެނެވިއްޖެ ކަމަށާއި އެކަން ދަމަހައްޓަން ޖެހޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގައި އެތައް ބައެއްގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށެވެ. އަދި އެ ހަމަލާއިން އަމާންކަން ގާއިމްވި މިންވަރު ފެނިގެންދިޔަ ކަމަށް ވައްޑެ ވިދާޅުވިއެވެ.

“މަޖީދީ މަގު މެދުގައި ބޮމެއް ގޮއްވާލައި ރައީސް ނަޝީދާއި އެތައް ބައެއްގެ ފުރާނަ ކިރިޔާ ސަލާމްވި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އަކީ އަމާންކަން ގާއިމުވީ މިންވަރުގެ ކުޑަ މިސާލެއް” ވައްޑެ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!