އަހަރެން ސުޝާންތު ދެކެ ވަރަށް ލޯބިވިން : ރިއާ

ސުޝާންތުގެ ދެކެ ވަރަށް ލޯބިވި ކަމަށް ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޮތީ ބުނެފިއެވެ.
ބޮލީވުޑު ތަރި ސުޝާންތު ގެ މަރާއި ގުޅިގެން ރިއާ ގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ މިހާރު ދަނީ ސުޕްރީމް ކޯޓުން ބަލަމުންނެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިހާރު ވަނީ ބާއްވާފައެވެ.
ފުރަތަމަ އަޑުއެހުމުގައި ރިއާގެ ފަރާތުން އޭނާގެ ވަކީލު ޝްޔާމް ދިމަން ވަނީ ރިއާގެ ބަޔާން އިއްވާފައެވެ. އެގޮތުން މި މައްސަލައިގައި ރިއާ ބުނެފައިވަނީ އޭނާގެ ބޮލުގައި އަޅުވާފައިވަނީ ދޮގު ތުހުމަތެއް ކަމަށެވެ.
"އަހަރެން ވަރަށް ލޯބިވިން ސުޝާންތު ދެކެ، ސުޝާންތު މަރުވުމުން ވަރަށް ދެރަވޭ، ހިތާމަވެސް ކުރަން. އެކަމަކު މިހާރު އަހަރެންގެ ބޮލުގައި އަޅުވާފައިވަނީ ދޮގު ތުހުމަތެއް". ރިއާ ބުނެފައިވެއެވެ.
މީގެ އިތުރުން ރިއާ ގެ ވަކީލު ވަނީ މި މައްސަލަ ޕަޓްނާ ފުލުހުގައި އޮތް އޮތުން މުންބާއީ ޕޮލިހަށް ބަދަލު ކޮށްދިނުމަށް ވެސް އެދިފައެވެ. އަދި އިންތިހާބު ކައިރިވެފައިވާތީ މި މައްސަލައިގެ އަސްލު އޮޅުވާލަން ސިޔާސީ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަކީލު ބުނެފައިވެއެވެ.
ދެރަ ކަމެއްނުން ޝުސާންތު ގިރާގެން ބޮއެބަލަ ދުވާލު ހަތަރުދަމު މި ކަލޭގެ ވާހަކަ ދައްކަނީ.