Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރިޕޯޓް

އަސްލު އެމްޑީޕީ ގެއްލުނީތަ؟

އަސްލު އެމްޑީޕީ ގެއްލުނީތަ؟

2018 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ ދާއިރާ އެންމެ ބޮޑަށް ހަލަބޮލިވެގެން ދިޔަ ދުވަސްވަރު އެންމެ ސިޔާސީ ލީޑަރަކާއި ދެކޮޅަށް އެހެން ހުރިހާ ފިކުރުތަކެއް އެއްވި އެވެ. ކުރިން އެއް ގަލަކަށް ނޭރި އޮތް ހުރިހާ ފިކުރެއް އެއް މޭޒެއްގެ ދޮށަށް އެއްވީ އެންމެ މަގުސަދެއްގަ އެވެ. އޭރު އޮތް ބާރުގަދަ އަދި ތާއީދު ބޮޑު ވެރިކަން ބަދަލުކުރުމުގެ މަގްސަދުގަ އެވެ. އޭރު ސިޔާސީ މަޝްރަހު އޮތް ގޮތަށް ބަލާނަމަ ރައީސް ޔާމީނަކީ ރައްޔިތުންގެ އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރޭ ދެންނެވުން ކުށަކަށް ނުވާނެ އެވެ. އެމަނިކުފާނާއި ދެކޮޅަށް އެހެން ހުރިހާ ފިކުރުތަކެއް އެއްވެ ނިކުތީ މި ސަބަބަށްޓަކައިތާ އެވެ.

އެހެންނަމަވެސް މިއަދު ހާލަތު މުޅިން ބަދަލުވެއްޖެ އެވެ. ކުރިން އެއްގަލަކަށް އެރި ފިކުރުތައް އެ އޮތްގޮތަށް އޮތެކޭ ނުވަތަ ނެތެކޭވެސް އަދި ދެންނެވޭކަށް ނެތެވެ. އުފެދުނީ މުޅިން އެހެން މައްސަލައެކެވެ. ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީއަކީ ޝައްކެއްވެސް ނެތް ގޮތުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ އެވެ. އެންމެ ވަރުގަދަ ސިޔާސީ ފިކުރަކީވެސް އެމްޑީޕީގެ ފިކުރެވެ. 2004 ވަނަ އަހަރުން ފެށިގެން އުފެދުނު އެމްޑީޕީ ދެގޮތެއް ނުވެ، އަދި ހާއްސަކޮށް އެމީހުންގެ ޖޯޝާއި ފޯރިއަށް ބަދަލެއް ނައިސް ދެމި އޮތެވެ. މިމަންޒަރު ބަދަލުކޮށްލީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމާއިއެކު އެމްޑީޕީ ހިމޭންވި އެވެ. އެއް ސަބަބަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެޕާޓީ ނެތުމެވެ. އަނެއް ސަބަބަކީ ސަރުކާރުގައި އޮވެމެ އެޕާޓީގެ ސިޔާސީ ހަރަކާތްތައް މަދުވުމެވެ. ކުރިން ޖޯޝާއި ފޯރީގައި ބޭއްވި ބައި ބޮޑު ސިޔާސީ ޖަލްސާތައް މުޅިންހެން ހުއްޓުނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ޖެހެންދެން ނިމިދިޔަ ހަތަރު އަހަރު ދުވަހު އެމްޑީޕީގެ ބޮޑު ޖަލްސާއެއް ނުބާއްވަ އެވެ. އެއާއެކު އަސްލު އެމްޑީޕީ މުޅިންހެން ގެއްލުނެވެ.

Advertisement
Allied Insurance — Square (box)

[caption id="attachment_173321" align="alignnone" width="1024"]<img class="wp-image-173321 size-large" src="https://cdn.dhen.mv/wp-content/uploads/2023/01/CAD5585A-F581-47D9-8D6A-FFAF8CDA8B97-1024x637.jpeg" alt="" width="1024" height="637" /> ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ޖަލްސާއެއްގައި[/caption]

އެމްޑީޕީގެ ރައީސް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގަ އެވެ. ޕާޓީގެ އިސް ލީޑަރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ އެވެ. ހުރިހާ ބާރުތަކެއްހެން ފުނި ޖެހިފައި އޮތީ އެޕާޓީގެ އެތެރޭގަ އެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބުތަކަކަށްޓަކައި އެމްޑީޕީގެ ފިކުރު ދިޔައީ ފަނޑުވަމުންނެވެ.

އެންމެ ފުރަތަމަ ނިޒާމުގެ ވާހަކައިން ފަށަމާ ހިނގާށެވެ. ހެޔޮ ނިޒާމެއްގެ ވާހަކަ ބާއްވާށެވެ. އެކަމަކު ފެށުނީއްސުރެއްވެސް އެމްޑީޕީ ވަކާލާތު ކުރަމުން ދިޔައީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާށެވެ. ބަރުލަމާނީ ނިޒާމުގެ ހެޔޮ ވާހަކައާއި އޭގައި ހުރި ފައިދާތަކުގެ ވާހަކަ އެމްޑީޕީން ދިޔައީ އަބަދުމެ ކިޔައިދެމުންނެވެ. 2007 ވަނަ އަހަރު ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ރިޔާސީ ނިޒާމަށް ރައްޔިތުން ރުހުން ދިން ފަހުންވެސް އެމްޑީޕީން ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކުން ހުއްޓައެއް ނުލަ އެވެ. ރިޔާސީ ނިޒާމަކީ ޑީއާރުޕީގެ ފިކުރެކެވެ. ރައީސް ޔާމީންވެސް ނިޒާމުގެ ވާހަކައިގެ ތެރެއިން އިސް ކުރައްވަނީ ބަރުލަމާނީ ނިޒާމެވެ. އެކަމަކު ނިޒާމު ބަދަލުކުރަން ރައީސް ޔާމީންވެސް ތާއީދު ކުރެއެކޭ ދެންނެވޭކަށްވެސް ނެތެވެ.

މިއަދު އެމްޑީޕީ މިއޮތީ ދެފަޅި ވެފަ އެވެ. ވެރިކަމުގައި ހުންނަވައި ރައީސް ޞާލިހު ބޭނުންފުޅުވަނީ ދެވަނަ ދައުރެކެވެ. އެހެންނަމަވެސް އެހެން ފިކުރުތަކާއިއެކު އެއްގަލެއްގައި ތިއްބެވި ތިއްބެވުން ނިމުމަކަށް ގެންނަންޖެހޭކަމަށް ޕާޓީގެ ރައީސް ދެކެވަޑައިގަންނަވަ އެވެ. މިކަން ކުރެވޭނީ ރައީސް ޞާލިހު ވެރިކަމުން ބާލައިގެންނެވެ. އެހެންވެ ދެކޮޅަށް ނިކުތީ އެޕާޓީގެ އެންމެ ގިނަ ދުވަސްވީ ލީޑަރު ރައީސް ނަޝީދެވެ. ބޮޑު މަންޒަރަށް ބަލާނަމަ ދެފަޅިއަށްވެސް ތާއީދު އެބަ އޮތެވެ. ގްރާސް ރޫޓުގެވެސް ތާއީދު ދެފަޅިއަށް ބެހިފައި އޮތްއިރު މެމްބަރުންވެސް އޮތީ މިފަދައިން ބެހިފަ އެވެ.

[caption id="attachment_172910" align="alignnone" width="1024"]<img class="wp-image-172910 size-large" src="https://cdn.dhen.mv/wp-content/uploads/2023/01/sadsd-1024x768.jpg" alt="" width="1024" height="768" /> ރައީސް ޞާލިހު ކެމްޕެއިންގައި ރަށަކަށް ވަޑައިގެން[/caption]

އަސްލު އެމްޑީޕީގެ ވާހަކައަށް އަނެއްކާވެސް އެނބުރިލާނަމަވެ. ރައީސް ޞާލިހު މިހާރު ވަކާލާތު ކުރައްވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށެވެ. އެމްޑީޕީ އުފެދިގެން އައި ރޫހަށް ބަލާނަމަ މިއީ އެޕާޓީގެ ސިފައެއް ނޫނެވެ. ރަނގަޅީ ކޮން ނިޒާމެއްތޯ ބަލާނީ ފަހުންނެވެ. އެކަމަކު އެމްޑީޕީގެ އިސް ލީޑަރު ރިޔާސީ ނިޒާމަކަށް ތާއީދު ކުރައްވާނަމަ ނިޒާމު ބަދަލުކުރުމުގެ ވާހަކައަށް ނިމުމެއް އަތުވެދާނެ އެވެ. މިއީ އެންމެ ރަނގަޅު ގޮތްކަމަށްވެސް ވެދާނެ އެވެ. އާ އެމްޑީޕީގެ ސިފަތަކުގެ ތެރެއަށް މިކަން އިތުރުކޮށްލަންވެސް ޖެހިދާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށް މިހާރު ކުރަމުންދާ ކެމްޕެއިންގައި ދެފަޅިންވެސް ބުނަމުން ދަނީ އަސްލު އެމްޑީޕީއަކީ އެއީ ކަމަށެވެ. ރައީސް ޞާލިހު ފަޅީގައި ތިބީ އަސްލު އެމްޑީޕީކަމަށް އެފެކްޝަނުން ބުނާއިރު ރައީސް ނަޝީދު ފަޅީގައި ތިއްބެވީ އަސްލު އެމްޑީޕީކަމަށް އެފެކްޝަނުން ބުނެ އެވެ.

ފެންނަމުންދާ މަންޒަރަށް ބަލާނަމަ ރައީސް ޞާލިހުގެ ކެމްޕެއިންގައި ގިނައިން ފެންނަނީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި ވުޒާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކެވެ. ގިނަ މީހުން ދެކޭ ގޮތުގައި ރައީސް ޞާލިހާއިއެކު ޖަލްސާތަކުގައި ބައިވެރިވަނީ އެފަދަ ފަރާތްތަކުގެ އާއިލާތަކެވެ. އެހެންނަމަވެސް ގައުމުގައި ހަމަޖެހުން އޮންނާނީ ގިނަ ފިކުރުތައް އެއްގަލަކަށް އެރުވޭ ރައީސަކަށް ކަމަށް ދެކޭ މީހުންވެސް އެމްޑީޕީގައި އެބަ ތިއްބެވެ. އެފަދަަ ފަރާތްތަކަށް ރައީސް ޞާލިހު ވަރަށް ކަމުދެ އެވެ. އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުގެ ތެރޭގައި މިފަދަ މީހުންވެސް އެބަ ތިއްބެވެ.

[caption id="attachment_75888" align="alignnone" width="1024"]<img class="wp-image-75888 size-large" src="https://cdn.dhen.mv/wp-content/uploads/2021/04/DSC_6230-1617957746244_dvznf8-1024x682.jpg" alt="" width="1024" height="682" /> އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ނިންމުމުގެ ގޮތުން އއ.ރަސްދޫ ބަނދަރުގައި ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ/ އެމްޑީޕީ[/caption]

ރައީސް ނަޝީދުގެ ޖަލްސާތަކުގައި ފެންނަނީ މިނިވަންކަމާއިއެކު ފާޅުގައި ނިކުމެ ސިޔާސީ މަސައްކަތް ކުރާ މީހުންނެވެ. އެއްވެސް މަޖުބޫރުކަމެއް ނެތި ޖަލްސާތަކަށް ގޮސް ފޯރި ނަގާ މީހުންނެވެ. ޖަލްސާތަކުންވެސް ފެންނަނީ ވަރަށް އިހްލާސްތެރި މޫނުތަކެކެވެ. އުފާވެރި ހިނިތުންވުންތަކެވެ. މިއީ ރައީސް ނަޝީދު ހޯއްދެވި ލޯތްބާއި އިހްތިރާމުގެ ނަތީޖާކަމަށް އެއްބަޔަކު ދެކެ އެވެ.

ކޮންމެއަކަސް މިއަދު މުޅި ގައުމު އޮތީ އަސްލު އެމްޑީޕީގެ އިންތިޒާރުގަ އެވެ. ޖެނުއަރީ 28 ގައި ބާއްވާ ޕްރައިމަރީގެ ނަތީޖާގެ އިންތިޒާރުގަ އެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާނަމަ ރައީސް ނަޝީދު ބަލިކުރެއްވޭ ފަދަ ބޭފުޅަކު އެމްޑީޕީ ތެރެއިން މިހާތަނަށް އުފެދިފައެއް ނުވެ އެވެ. އަނެއްކޮޅުން ހުރިހާ އާރާއި ބާރެއް މުށުތެރޭގައި ބޮނޑިކުރައްވައިގެން ހުންނަވާ ބޭފުޅަކަށް ރައްޔިތުންގެ މާބޮޑު ތާއީދެއް މީގެ ކުރިން ނޯވެ އެވެ. ހާއްސަކޮށް އެމްޑީޕީއަކީ ޝެހެންޝާހުކަމަށް އަބަދުވެސް ނަފުރަތު ކުރާ ޕާޓީ އެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް