ޕްރައިމަރީ ޕޯލް; ހާހަކަށްވުރެ ގިނަ މީހުން ވޯޓް ލައިފި, މިވަގުތު ކުރީގައި އޮތީ ރައީސް ނަޝީދު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި މީސްމީޑިއާގައި މަޤްބޫލު ފަރާތެއް ހޮވުމަށް “ދެން” އިން ކުރިޔަށް ގެންދާ ޕޯލްގައި މިވަގުތު ކުރީގައި އޮތީ, ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަ ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހެވެ.
މި ޕޯލްގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން ވޯޓް ލާފައިވެއެވެ. މިވަގުތަށް ބަލާއިރު ވޯޓްލީ 1,111 މީހުންގެ ތެރެއިން 62 އިންސައްތަ މީހުން ޤަބޫލު ކުރާ ގޮތުގައި މި އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް މުޙައްމަދު ނަޝީދެވެ. 38 އިންސައްތަ މީހުން ޤަބޫލު ކުރާ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރައްވާނީ ރައީސް ސޯލިހެވެ.
މި ޕޯލް ކުރިޔަށްދާނީ މާދަމާ ރޭ 7 ޖެހުމާއި ހަމައަށެވެ.
ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް ސޯލިޙް މިވަގުތު ގެންދަވަނީ ތާއީދު ހޯއްދެވުމަށް އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރަމުންނެވެ.
ރޮޒޭނާ ދެން އަތްޖަހާ.!