ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި އިސްތިއުނާފީ ކޯޓުގެ ކުރިމަތީގައި އޮތީ އެތައް ރައްޔިތުންގެ ޙައްޤު ކަމަށެވެ.
އަދި ދާދި އަވަހަށް ރައީސް ޞާލިޙްގެ ވެރިކަން ނިމި އަނިޔާވެރިކަމުގެ މައްޗަށް ޢަދުލުވެރިކަން ފާޅުވާނެ ކަމަށާއި ރައީސް ޞާލިޙްގެ ސިޔާސީ ބަދަލު ހިފުން ވަރަށް އަނިޔާވެރި ކަމަށް ޖަމީލު ވިދާޅުވިއެވެ.
ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ ރައީސް ޔާމީންގެ ލޯންޑަރިންގެ ކުށް ސާބިތުވެ ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.
މިއާއެކު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އިއްވި ޖަލު އަދަބާއެކު ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ޖޫރިމަނާ ކުރި 5 މިލިއަން ޑޮލަރު ހަ މަސް ދުވަސް ތެރޭ މަރުކަޒީ ބޭންކް އެމްއެމްއޭއަށް ދެއްކުމަށް ވެސް ޔާމީންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
ޢަނގަވިއްޔަ އެއްޗަކީ. ކަލޭގެ ބަސް ޔާމީނާ ދެކޮޅަށް ފަލައަކުރުން މީހުނަށް ވިސްނަދީފާ ކޯއްޗެއްތަ މި ކިޔަނީ
ކަލެއަށް ކޮންކަމެއް ތަ
ކިތއްމެވަރަކަށް ފުއްޕިއަސް މާތްﷲ ނަސްރަކީ އެއްވެސްފަރާތަކަށް ބާރުފޯރުވޭނެއެއްޗެއްނޫ ނަސްރުދެއްވާނީ ހައްޤައް 2023ވަނައަހަރުގެ ރަޔާސީއަމްތިހާބުގެ ވޯޓްކަރުދާސްކޮޅުގާ ﷲގެރަހުމަތާއެކު އޮންނާނެ އިންޝާ ﷲ އާމީން