ބޮލީވުޑް މުނިފޫހިފިލުވުން

ފިލްމް ޕަތާންގެ ޓްލެއިލާ ބުރުޖް ހަލީފާގައި ދައްކާލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ބުރުޖު ޚަލީފާގައި ފިލްމް "ޕަތާން" ގެ ޓްރެއިލާ އަޅުވައިފިއެވެ.

Ads by MWSC

ފިލްމްގެ ޕްރޮމޯޝަނަށް ޝާހްރުކް ހާން ދުބާއީގައި ހުރި އިރު އޭނާވަނީ ބުރުޖް ޚަލީފާގައި މި ފިލްމްގެ ޓްރެއިލާ އެޅުވި މަންޒަރު ބަލައިފައެވެ. މައްސަލަ ބޮޑުވެފައިވާ މިފިލްމްގެ ޕްރޮމޯޝަނަށް ޝާހްރުކް އެކި ގައުމުތަކަށް ގޮސްފައިވާއިރު ޕްރޮމޯޝަނަލް އިވެންޓްތަކުންވެސް ފިލްމް ބަލަން ފޭނުން ކެތްމަދުވެފައި ތިބިކަން އެނގޭކަން ޝާހްރުކް ހާން ވަނީ ބުނެފައެވެ.

މިމަހު 25 ގައި ރިލީޒް ކުރަން ތައްޔާރުވަމުންދާ ޔަޝް ރާޖް ފިލްމްސްގެ "ޕަތާން" ގެ އޮފިޝަލް ޓްރެއިލާ މިހާރު ރިލީޒް ކޮށްފައިވާއިރު ފިލްމު އެޅުވުމުގެ ހުއްދަ ދީފައިވަނީ  ބައެއް މަންޒަރުތައް އުނިކޮށްފައެވެ. މިގޮތުން ފިލްމް އިންޑިއާގެ ސެންޓްރަލް ބޯރޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އިން ވަނީ އެފިލްމްގެ 10 މަންޒަރެއް އުނިކޮށްފައެވެ. މީގެ ތެރޭގައި ނިވާކަން ކުޑަ ހެދުން އެޅިކަމަށް ބުނެ މައްސަލަ ބޮޑުވި ލަވަ "ބޭޝަރަމް ރަންގް"ގެ ތިން މަންޒަރެއް ވެސް ހިމެނެއެވެ. އަދި ފިލްމްގައި ބޭނުންކޮށްފައިވާ ބައެއް ބަސްބަސް ބަދަލުކޮށް ފިލްމް އެޅުވުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ 2 ވަނަ ދުވަހުކަމަށް ވެސް އެނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. ދެ ގަޑިއިރާއި 26 މިނެޓުގެ މިފިލްމްގެ ދެ ލަވަ މިހާރު ރިލީޒްކޮށްފައިވާއިރު ފިލްމަށް ވަނީ ގިނަ ފާޑުކިޔުންތަކެއް މިހާރު ވެސް އަމާޒުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!