މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 66 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
- މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 66 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 66 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 66 މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި، ބަންގްލަދޭޝްގެ 12 މީހަކާއި، އިންޑިއާ ދެ މީހުން ކަމަށެވެ
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5223 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2354 މީހުންނަށެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހީންނާއި، ހަ ބިދޭސީންނެވެ.