ޚަބަރު ސިޔާސީ

ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްޤީ ކުރުމުގެ ސިޔާސަތު ޝާހިދު ދިފާއު ކުރައްވައިފި: ”މިއަދު ކުއްލިއަކަށް ބެރާއި ލަވަ ބަދަލުވެއްޖެ"

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާ ސިޔާސަތު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދިފާޢުކުރައްވައިފިއެވެ.

Ads by Hajj Corporation

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިނަށް މިހާރު އުތުރުގެ ރަށްތަކަށް ރައީސް ޞަަލިޙް އާއެކު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ދިއްދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ މިހާރު އެމްޑީޕީގައި ޖަހާ ބެރާއި ލަވަޔާ ދިމާނުވާ ކަމަށެވެ.

އަދި އެ ޕާޓީ ވާންޖެހޭނީ އަބަދުވެސް ޖަހާ ބެރާއި ލަވަޔާ ދިމާވާ ޕާޓީ އަކަށް ކަމަށާއި އެ ޕާޓީގެ ތިލަފަތް ހުންނަން ޖެހޭނީ އަބަދުވެސް ހަމަހަމަކޮށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ތިލަފަތް ރަމްޒުކޮށްދެނީ އެންމެންގެ ހަމަހަމަކަން ކަމަށާއި ކުޑައެއް ބޮޑެއް ނެތި ކުލައެއް ތަފާތު ކުރުމެއް ނެތި ރައްޔިތުންގެ މެދުގައި ސުލްހަވެރިކަމާ އަމާންކަން ގާއިމްކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

”ޖަރީޒާ ރާއްޖެއެއްގެ ވާހަކަ ދައްކައިގެން އަޅުގަނޑުމެން އުޅެމުން އައީ. ސާފު ބޯފެން ލަފާފުރުން، ބޯހިޔާވަހިކަން ތައުލީމީ ޖީލެއް ބިނާކުރުން. މިއަދު ކުއްލިއަކަށް ބެރާ ލަވަޔާ ބަދަލުވެއްޖެ. ދިމަލެއް ނުވޭ. ޖަހާ ބެރަކާ ކިޔާ ލަވަޔަކާ ދިމަލެއް ނުވޭ”ޝާހިދު ވިދާޅުވިއެވެ.

އަދި އެމްޑީޕީ އަކީ ތަފާތު ކުރާ ޕާޓީއެއް ނޫން ކަމަށާއި ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ ފިކުރު އެ ޕާޓީން ދަމަހައްޓަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ޞާލިހު ކަންކަން ކުރައްވަނީ ވަރަށް ބޮޑަށް ޕްލޭންކުރައްވައިގެން ކަމަށެވެ. އަދި އެމަނިކުފާނަކީ ވިސްނުންތެރިކަމާއި އެކު ކަންތައްތައް ކުރައްވާ ބޭފުޅެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

Ads by HDC
  1. ެައަބްދޫ

    ޚުޑަރަށެއް ބޮޑުރަށެއް ނުބަލާ ތަރައްގީއޭ ކިޔަނީ ރައްޔިތުންނަށް އޮޅުވާލަން.އާބާދީމަދު ރަށްރަށުގެ ރައއޔިތުންނަށް އޮޅުވާލާ ވޯޓް ހޯދުމަށް ކިޔާ ލަވައެއް.ތަރައްގީ ހޯދޭނީ އާބާދީއެއް އޮވެގެން.

  2. ރައްޔިތުމީހާ

    ވަރަށްބޮޑަށް ޕްލޭންކޮށްގެންދޯ ދައުރުހަމަވާން ދެދުވަަށްވީމާ ތެޅިގެންފާގޮސް ވޯޓްހޯދުމަށްޓަކާ އެއާޕޯޓެއް ހޮސްޕިޓަލެއް ހައުސިންޔުނިޓެއް ބިމުން ތަންކޮޅެއް ހިއްކުން މިކަންކަން ފަށާފަ ނުކޮށް ބާއްވާނީ 2018ގަވެސް ދޮގު ވަޢުތައްވިއޭ ގޭދޮށު މަސްފެކްޓްރީ ކަންނެލި ޖަގަހަ ރިހާކުރު ހޮޅި މަސްވެރިންނަށް ހަމައަގު ދެން ކޮންކޮން ވާއުދެއްތޯ ފުއްދުނީ ނިކަންބަލާބަލަ އެއްވެސް ވަޢުދެއް ނުފުއްދުނު ބޮޑުންގެ ޖީބުތައް ފުރާލަނީ އަިބޫއަކީ ޗޯރެއް